ގެއްލިގެން ހޯދަމުން ދިޔަ 14 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެއެވެ.
އެ ކުއްޖާ ގެއްލުގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކުއްޖާގެ ފޮޓޯއާއެކު ވަނަވަރު އާންމުކުރީ އިއްޔެއެވެ.
ގެއްލިގެން ހޯދަމުން ދިޔައީ މ. އެނބޫމާގެއާގެ، ޚަދީޖާ ޔަލްވީއެވެ. އޭނާ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާކަމަށް ރިޕޯޓުކޮށްފައިވާކަމަށާއި ޔަލްވީ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހުކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން އޭރު ވިދާޅުވެފައިވެއެވެ.
ޔަލްވީ ފެނިއްޖެކަން ހާމަކޮށް ފުލުހުން ވިދާޅުވީ އޭނާ ގެ ހާލު ރަނގަޅު ކަމަށެވެ. ޚަދީޖާ ޔަލްވީ ގެއްލިގެން މިދިޔަ ފެބްރުއަރީމަހުވެސް ފުލުހުން އިޢުލާނުކުރިއެވެ.