ޚަބަރު

އިސްލާމިކް ބޭންކު "ކޮންސިއުމަރ ފައިނޭންސިންގ" ސްކީމް


އިސްލާމިކް ބޭންކުން ފޯރުކޮށްދޭ "ކޮންސިއުމަރ ފައިނޭންސިންގ" ސްކީމްގެ ދަށުން ސަތޭކަ ފަންސާސް ހާސް ރުފިޔާއާ ހަމައަށް މުދާ ނެގޭގޮތަށް ހަމަޖައްސައިފިއެވެ.

އިސްލާމިކް ބޭންކުން ވަނީ ފައިސާ އަނބުރާ ދައްކާ މުއްދަތުވެސް، 18 މަހުން، 30 މަހަށް ބަދަލުކޮށްފައެވެ. މިއީ އެ ބޭންކުން ރަމަޟާންމަހަށް ޚާއްޞަކޮށްގެން ނިންމި ނިންމުމެކެވެ. މިއަދުން ފެށިގެން 30 ޖޫންގެ ނިޔަލަށް މި ނިންމުމާ އެއްގޮތަށް ޢަމަލުކުރާގޮތަށް އެ ބޭންކުން ވަނީ ކަނޑައަޅާފައެވެ. މާލެއާއި އެ ބޭންކުގެ އަތޮޅުތަކުގެ ބްރާންޗްތައް މެދުވެރިކޮށްވެސް އެޕްލިކޭޝަން ހުށައެޅޭނެ ކަމަށް އިސްލާމިކް ބޭންކުން ބުނެއެވެ.

އެ ބޭންކުގެ މާކެޓިން ހެޑް، މުޙައްމަދު ޝަފާޢު ވިދާޅުވީ، ކޮންމެ ބޭންކެއްގައި އެކައުންޓެއް އޮތް ނަމަވެސް، މި ސްކީމްގައި ބައިވެރިވެވޭނެ ކަމަށެވެ.