ޚަބަރު

ތިލަމާލެ ބްރިޖު މަސައްކަތުގައި އުޅުނު މީހަކު މަރުވި މައްސަލަ ބަލަނީ


  • ބްރިޖް މަސައްކަތްކުރަމުންދިޔަ ބިދޭސީއަކުވަނީ އަނބުރައިގަނެގެން ހޮސްޕިޓަލަށް ގެންގޮސްފައި

  • ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާ އޮތީ ނިޔާވެފައި

ތިލަމާލޭ ބްރިޖްގެ މަސައްކަތްކުރަމުންދިޔަ މީހަކު މަރުވި ޙާދިސާ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ތަޙުގީގުކުރަމުންދާކަމަށް ޢުމްރާނީ ތަރައްޤީއާއި ބިނާރާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިދިޔަ ހޯމަ ދުވަހުގެރޭ މަރުވެފައިވަނީ ސިނަމާލޭ ބްރިޖްގެ މަސައްކަތް ކުރަމުންދިޔަ ބިދޭސީއެއްކަމަށް ފުލުހުން ބުންނެވެ. ނަމަވެސް އެއީ ތިލަމާލެ ބްރިޖުގެ މަސައްކަތުގައި އުޅުނު މީހެއްކަމަށް ފަހުން ވަނީ ބުނެފައެވެ.

ޢިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރައިން ވިދާޅުވީ މިޙާދިސާގެ ތަޙުގީގު މަޝްރޫޢުގެ ކޮންޓްރެކްޓަރާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށްދާކަމަށެވެ. އެވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ މިހާދިސާގައި ނިޔާވި މީހާގެ ޢާއިލާއަށް ތަޢުޒިޔާ ކިޔާފައެވެ.

ފުލުހުން ވިދާޅުވީ، ތިލަމާލޭ ބްރިޖްގެ މަސައްކަތް ކުރަމުންދިޔަ އިންޑިއާ ރައްޔިތަކު އަނބުރައިގަނެގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ. އަދި އޭނާ ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލާއި ޙަވާލާދެއްވާ ފުލުހުންވަނީ ވިދާޅުވެފައެވެ.