ޚަބަރު

ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ މަޤާމުތަކަށް ބޭފުޅުން ހަމަޖެހުން


ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ މަޤާމުތަކަށް ބޭފުޅުން ހަމަޖައްސަވައިފިއެވެ. img:http://s2.psmnews.mv/images/660x400/14630675373164.jpg|ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ މަޤާމުތަކަށް ބޭފުޅުން ހަމަޖެއްސެވުން - ފޮޓޯ: އެމްއެންޑީއެފް

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ މަޤާމުތަކަށް ބޭފުޅުން ހަމަޖައްސަވާ، މަޤާމުތައް ހަވާލުކުރެއްވުމަށް މިއަދު ބަންޑާރަ ކޮށީގައި ބޭއްވި ބައްދަލުކުރެއްވުމުގައި އެ ބޭފުޅުންނަށް މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރުއެވެ. img:http://s4.psmnews.mv/images/660x400/14630675519429.jpg|ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ މަޤާމުތަކަށް ބޭފުޅުން ހަމަޖެއްސެވުން - ފޮޓޯ: އެމްއެންޑީއެފް

މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ޑައިރެކްޓަރ ޖެނެރަލް އޮފް ކައުންޓަރ ޓެރަރިޒަމްގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ހަމަޖައްސަވާފައިވާއިރު ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް އޮފް ކައުންޓަރ ޓެރަރިޒަމްގެ މަޤާމަށް ހަމަޖެއްސަވާފައިވަނީ ކާނަލް ޢަބްދުރަހީމް ޢަބްދުއްލަތީފެވެ.