"ނަތީޖާއާ މެދު ހިތްހަމަނުޖެހުނަސް، ގަބޫލުކުރުން ނޫން އިތުރު ގޮތެއް ނެތް.ޑްރަގަން ސްޓޮއިކޮވިޗް
ޔޫރޯ 2024 ގެ ގްރޫޕް ސީ ގައި ރޭ އިންގްލެންޑް އަތުން 1-0 އިން ބަލިވި މެޗަށްފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސާބިއާގެ ކޯޗު، ޑްރަގަން ސްޓޮއިކޮވިޗް ބުނީ، އޭނާގެ ޓީމުން ދެއްކި ކުޅުމާ މެދު ފަޚުރުވެރިވާ ކަމަށާއި، އެކަމަކު އެމީހުން ބަލިވުން ހައްގުނޫން ކަމަށެވެ.
ސްޓޮއިކޮވިޗް ބުނީ، ދެ ޓީމުގެ ފަރާތުން ވަރަށް މޮޅު މެޗެއް ފެނިގެންދިޔަ ކަމަށާއި، އިންގްލެންޑަކީ ވަރުގަދަ ޓީމަކަށްވުމާއެކު އޭނާގެ ޓީމުން ކުޅުނީ ވަރަށް ވިސްނުންތެރިކަމާއެކު ފަރުވާތެރި ގޭމެއް ކަމަށެވެ.
ފަހު ހާފުގައި ގެނައި ބަދަލުތަކާއެކު ސާބިއާ އިން މެޗު ކޮންޓްރޯލް ކުރިކަމަށާއި، އިންގްލެންޑް ލައްވާ ޑިފެންސްކުރަން އޭނާގެ ޓީމުން މަޖުބޫރުކުރި ކަމަށް ސްޓޮއިކޮވިޗްގެ ވާހަކައިގައި ފާހަގަކުރިއެވެ.
ސްޓޮއިކޮވިޗް އިތުރަށް ބުނީ، ދެން އޮތް މެޗުގައި ސްލޮވީނިއާ އަތުން މޮޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އަދި، ރޭގެ މެޗު ކާމިޔާބުނުކުރެވުނުނަމަވެސް، އޭނާގެ ޓީމުން ދެއްކި ކުޅުމަށް މަރުހަބާ ކިޔާ ކަމަށެވެ.
ސާބިއާ އާ ސްލޮވީނިއާ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު ރާއްޖޭގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ.