ޚަބަރު

ދެ ލޯންޗު ޖެހި އެކްސިޑެންޓެއް؛ ހޮސްޕިޓަލަށް ގެންދިޔަ 2 މީހުންގެ ހާލު ރަނގަޅު


  • 2 މީހުން ގެންދިޔައީ ދަ.އަތޮޅު ހޮސްޕިޓަލަށް

  • ބޭރުން ފުށުން އަނިޔާއެއް ފެންނަން ނެތްކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދިން

ވޮއްމުލި ރިސޯޓު ކައިރިން ދެ ލޯންޗުޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން ދ.އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ 2 މީހުންގެ ހާލު ރަނގަޅުކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ދެ ލޯންޗް ޖެހި މިރޭ އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާއި އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަން ހާމަކުރައްވާފައެވެ.

ކުޑަހުވަދޫގައި ހުންނަ ދ.އަތޮޅު ހޮސްޕިޓަލުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ
އެކްސިޑެންޓާ ގުޅިގެން ގެނައި ދެމީހުންގެ ހާލުވެސް ރަނގަޅުކަމަށާއި، ބޭރުފުށުން މާބޮޑު އަނިއްޔާއެއް ފެންނަން ނެތް ކަމަށެވެ. އެހެންނަމަވެސް އެމީހުންގެ ޙާލަތު އިތުރަށް ދެނެގަތުމަށް އެކްސްރޭއެއް ނަގާ ޓެސްޓް ހަދަމުންދާކަމަށެވެ.