ޅ.ނައިފަރުގެ އުތުރު ފަރާތު ސިނާއީ ސަރަހައްދުގައި ބަހައްޓާފައި ހުރި ލަކުޑިތަކެއްގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.
މިއަލިފާން ނިންވާލާފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.ނައިފަރު ފަޔަރ ސްޓޭޝަންގެ އެހީއާއެކުއެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިރޭ 8 ޖަހާ އެހާކަށްހާއިރު ހިނގި މިހާދިސާގެ ރިޕޯޓް ލިބުމާއެކު ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން އެސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިކަމަށެވެ. މިމަސައްކަތުން، ލަކުޑިތަކުގައި ރޯވެފައި ހުރި އަލިފާން މިރޭ 20:30 ހާއިރު ނިއްވާލާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.