ޚަބަރު

ރޭގެ މާރާމާރިއާއި ގުޅިގެން 4 މީހަކު ހައްޔަރުކޮށްފި


  • މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނުން

  • ދެމީހަކު ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި

ދަރުބާރުގެ ކައިރީ ހިނގި މާރާމާރީއާ ގުޅިގެން 4 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ 22:50 ހާއިއިރު ފުލުހުންނަށް ރިޕޯޓުކުރި މި މާރަމާރީގައި އެކަކަށް ވަނީ އަނިޔާވެފައެވެ. އޭނާއަށް ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެމީހާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ވިދާޅުވެއެވެ.

މިމައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު، ހައްޔަރުކުރި ހުރިހާ އެންމެންނަކީވެސް، ދިވެހި ފިރިހެނުން ކަމަށް ފުލުހުން ހާމަކުރެއެވެ. މީގެ ތެރެއިން ދެ މީހުންގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރޭ ގެ ވަގުތެއްގައެވެ.

ފުލުހުން ވަނީ މި މާރާމާރީގެ މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.