ޚަބަރު

ޢީދު ދުވަހު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުޑަކުދިންގެ ހަވީރެއް


  • މި ކުޑަކުދިންގެ ހަވީރު ކުރިއަށްދާނީ މާދަމާ ހަވީރު 4:00 އިން 6:00 އަށް

  • ކުޑަކުދިންގެ ހަވީރު ބާއްވަނީ އިސްލާމީ މަރުކަޒާއި ކުޑަކުދިންގެ ބަގީޗާގައި

ޢީދު ދުވަހު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.

އެ ވުޒާރާއިން ވިދާޅުވި ގޮތުގައި މި ހަވީރު ބާއްވަނީ އެކްސެލް އިންޓަނޭޝަނަލް ސްކޫލާ ގުޅިގެންނެވެ. މި ކުޑަކުދިންގެ ހަވީރު ކުރިއަށްދާނީ މާދަމާ ހަވީރު 4:00 އިން 6:00 އަށެވެ.


މި ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ނިންމާފައިވަނީ އިސްލާމީ މަރުކަޒާއި ކުޑަކުދިންގެ ބަގީޗާގައެވެ. ހަވީރުގައި ބައިވެރިވާ ކުދިންނަށް ހަދިޔާތައް ލިބޭނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މިއީ އަޟްހާ ޢީދުގެ މުނާސަބަތުގައި ކުޑަކުދިން އެކުގައި އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ހަވީރެއްކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި ކުޑަކުދިންގެ ހަވީރުގައި ކުދިން ޝައުގުވެރިވާނެ ތަފާތު އެކި ކުޅިވަރުތައް ހުންނާނެ ކަމަށްވެސް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.