ޚަބަރު

އިންޑިއާގައި ސްކޫލް ބަހެއް އެކްސިޑެންޓްވެ، 20 ކުދިން ޒަޙަމްވެއްޖެ


އިންޑިޔާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ޖަންމޫ ކަޝްމީރުގައި ސްކޫލް ބަހެއް, ލޮރީ އެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި 20 ކުދިން ޒަޚަމްވެއްޖެއެވެ. 

މިއެކްސިޑެންޓް ހިނގާފައިވަނީ ޖަންމޫ ޕަތަންކޮޓް ނެޝަނަލް ހައިވޭގައެވެ. މިއެކްސިޑެންޓްގައި ޒަޚަމްވި ބައެއް ދަރިވަރުންގެ ހާލަތު ސީރިއަސްކަމަށާ ޒަޚަމްވި ކުދިން ކައިރީގައިވާ ހޮސްޕިޓަލަކަށް ގެންގޮސް އެޑްމިޓްކޮށް ފަރުވާދޭން ފަށާފައިވާ ކަމަށް ކަޝްމީރުގެ ފުލުހުން ބުނެއެވެ. 

މިޙާދިސާ ހިނގާފައިވަނީ ދަރިވަރުން ސްކޫލުން ނިމިގެން ގެއަށްދިއުމަށް ދަތުކުރަމުން ދަނިކޮށް ކަމަށް ޚަބަރުލިބެއެވެ.