ކުޅިވަރު

ސްޕެއިނަކީ ވަރުގަދަ ޓީމެއް، އެންމެ މަތީ ލެވެލްގައި ވާދަކުރެވޭނެ: ޑެ ލަ ފުއެންޓޭ


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ގައި މިރޭ ކްރޮއޭޝިއާ އާއި ދެކޮޅަށް ނިކުތުމުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕެއިނުގެ ކޯޗު، ލުއިސް ޑި ލެ ފުއެންޓޭ ވަނީ، ސްޕެއިނަކީ ވަރުގަދަ ޓީމެއް ކަމަށާއި އެ ޓީމަށް އެންމެ މަތީ ލެވެލްގައި ވާދަކުރެވޭނެ ކަމަށް ބުނެފައެވެ.

ޑި ލެ ފުއެންޓޭ ބުނީ، ސްޕެއިނުގެ ކޮލިޓީ އަކީ ވާދަވެރިން ވެސް ދެނެހުރި ކަމެއް ކަމަށެވެ. އަދި އެމީހުން މުބާރާތް ފަށަނީ ވެސް އެފަދަ ވަރުގަދަ ޓީމަކާ (ކްރޮއޭޝިއާ) ދެކޮޅަށް ކަމަށާއި، ސްޕެއިނުގެ އެންމެ ރަނގަޅު ކުޅުން ދައްކަންޖެހޭނެ ކަމަށް ޑި ލާ ފުއެންޓޭ ބުންޏެވެ
.
ޑި ލެ ފުއެންޓޭ ވަނީ، އޭނާގެ ޓީމުގައި ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު އިންޑިވިޖުއަލީ ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ތިބިކަން ފާހަގަކޮށްފައެވެ. އެގޮތުން، ޑި ލާ ފުއެންޓޭ ބުނީ، އެ ކުޅުންތެރިންނާއެކު ޓީމެއްގެ ގޮތުގައި ކުޅެފިނަމަ ސްޕެއިނަށް ހުރިހާ ކަމެއް ފަސޭހަވާނެ ކަމަށެވެ.

ޑި ލެ ފުއެންޓޭ ނިންމާލަމުން ބުނީ، އޭނާ މުބާރާތަށް ނިކުންނަނީ ވަރަށް ބޮޑު މަސްއޫލިއްޔަތަކާ ހަވާލުވެ، ވަރަށް ބޮޑު ހަމަޖެހުމާއެކު ކަމަށެވެ. އޭނާގެ ކުޅުންތެރިން ވެސް އެކަމަށް އިޖާބަދީ ވަރަށް ރަނގަޅަށް ފަށަން ބޭނުންވާ ކަމަށް ޑި ލާ ފުއެންޓޭ ވަނީ ބުނެފައެވެ. އަދި އޭނާގެ ޓީމުން މުބާރާތަށް ނިކުންނަނީ ވަރަށް މުހިއްމު ކަމެއް ހާސިލްކުރެވިދާނެ ކަމަށް ގަބޫލުކޮށްގެން ކަމަށް ވެސް ޑި ލާ ފުއެންޓޭގެ ވާހަކައިގައި ފާހަގަކުރިއެވެ.

ސްޕެއިނުގެ ކެޕްޓަން، ރޮޑްރީ ބުނީ، އޭނާ އަށް ވަކި ސްޓައިލެއް މުހިންމު ނޫން ކަމަށާއި، މުހިންމީ ކޮންމެ ގޮތަކަށް ކުޅެގެން ވެސް މޮޅުވުން ކަމަށް. އަދި، ވާދަވެރި ޓީމު ބަލިކުރަން ކޯޗު ދޭ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަކީ އެ ސްޓައިލް ކަމަށް ރޮޑްރީ ބުނި. ރޮޑްރީ އިތުރަށް ބުނީ، މެޗުތަކުން މޮޅުވަނީ ވަކި ސްޓައިލެއްގައި ކުޅެގެން ކަމަށް ދެކެވޭ ވާހަކަތަކަކީ އެންމެ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.

މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ، ސްޕެއިން ހިމެނުނު ގްރޫޕް ބީ ގައި ކްރޮއޭޝިއާގެ އިތުރުން ދެން އޮތީ އިޓަލީ އާއި އަލްބޭނިއާ އެވެ.