ޚަބަރު

ޢީދު ބަންދާއި ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކޮށްފި


  • މިމަހުގެ 20 އަދި 21 ގައި އިތުރު ފްލައިޓްތަކެއް ވަނީ ތާވަލުކޮށްފައި

އަޟްޙާ އީދު ބަންދާއި ދިމާކޮށް ޤައުމީ އެއަރލައިން، މޯލްޑިވިއަންއިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.

އީދު ބަންދާއި ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކޮށްފައި މިވަނީ ބަންދާއި ދިމާކޮށް ޗުއްޓީ ހޭދަކުރަން ރަށްތަކަށްދާ މީހުން އިތުރުވެ، އުދުހުންތަކުގެ ޑިމާންޑު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ޗުއްޓީ ދުވަސްވަރާ ދިމާކޮށް މޯލްޑިވިއަންއިން ވަނީ މިމަހުގެ 20 އަދި 21 ގައި އެތެރޭގެ ބައެއް ދަތުރުތައް އިތުރުކޮށްފައެވެ.

މޯލްޑިވިއަންއިން އިތުރުކޮށްފައިވާ ދަތުރުތައް

  • 20 ޖޫން 2024
  • 20:15 މާލެ - ކައްދޫ
  • 21:45 ކައްދޫ - މާލެ
  • 20 ޖޫން 2024
  • 21:30 މާލެ - ކޫއްޑޫ
  • 23:10 ކޫއްޑޫ- މާލެ
  • 20 ޖޫން 2024
  • 20:40 މާލެ - އިފުރު
  • 21:50 އިފުރު - މާލެ
  • 20 ޖޫން 2024
  • 18:50 މާލެ - ހޯރަފުށި
  • 20:30 ހޯރަފުށި- މާލެ
  • 21 ޖޫން 2024
  • 20:35 މާލެ - މާފަރު
  • 21:55 މާލެ - މާފަރު

މީގެކުރިން އެހެން ބަންދުތަކާއި ދިމާކޮށްވެސް މޯލްޑިވިއަންގެ ދަތުރުތައް ވަނީ އިތުރުކޮށްފައެވެ. މޯލްޑިވިއަންއިން މިވަގުތު ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުތައް ދަނީ ބާއްވަމުންނެވެ.