ކުޅިވަރު

ސްވިޓްޒަލަންޑް: އޮތީ ތަޖުރިބާ ހޯދުން ނިމުމަކަށް ގެންނަން ޖެހިފައި


ސްވިޒަލޭންޑް ޓީމާއެކު ކޯޗު މުރަތް ޔަކީން އަށް ކުރަން ޖެހިފައި އޮތް އެންމެ މުހިންމު ކަމަކީ ކުރީގެ މާޒީ ބަދަލުކޮށްލުމެވެ. އަބަދު އެކްސްޕްރިމަންޓް ކުރާ ބައެއްގެ ގޮތުގައި ތިބޭ ތިބުމަށް ނިމުން ގެނައުމެވެ. ހަގީގަތުގައި ސްވިޒަލޭންޑް ފާއިތުވެދިޔަ ދުވަސްތަކުގައި ބޮޑެތި މުބާރާތްތަކުން ހޯދާފައިވާ ކާމިޔާބީ އާއި އެމީހުންގެ ކުޅުންތެރިން ޔޫރަޕުގައި ހޯދަމުން އަންނަ ކުރިއެރުންތަކަކީ މި ކަމަށް ނިމުން ގެނެވޭހާ ގާބިލްކަން ހުރިކަން ދައްކުވައިދޭ ކަމެކެވެ.

ނަމަވެސް މައްސަލައަކީ ޓީމެއްގެ ގޮތުގައި ސްވިޒަލޭންޑް ނުފެނުނެވެ. ވަކިވަކި ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމަށް ކުރެވިދިޔަ ކަމަކީ ދިފާއީ ގޮތުން އެކުލުންތެރިކަން ދެއްކުން އެކަންޏެވެ.

އަލިފްދާލާއި ސްވިޒަލެންޑު ގުޅުނީ 2002 ވަނަ އަހަރުއެވެ. ސްވިޒަލެންޑުގެ ޤައުމީ ކުޅިވަރަކީ ފުޓްބޯޅައެވެ. އެންމެ ގިނަ ބަޔަކު ބަލާ އަދި އެންމެ ގިނަ ބަޔަކު ކުޅެނީވެސް ފުޓްބޯޅައެވެ. ނަމަވެސް ފިނި މޫސުމާއި ދިމާކޮށް ސްކީ ކުރުމަކީ ސްވިޒަލެންޑުގައި ބޮޑު ތަރުޙީބެއް ލިބިގެން ކުރަމުން އަންނަ ކަމެކެވެ.

ސްވިޒަލޭންޑަކީ ބައިނަލްއަގްވާމީ ތައްޓެއް ކާމިޔާބު ކުރެވުނު ގައުމެއް ނޫނެވެ. ސީނިއާ ޓީމަށްވުރެ އެގައުމުގެ ޒުވާން ޓީމުތައް ހޯދާ ކާމިޔާބީތައް ރަނގަޅެވެ. އެކަމަކު ސްވިޒަލޭންޑަކީ ގަދަ ޓީމުތަކަށް ދޭތެރެދޭތެރެއިން ލަނޑުދޭ ޓީމެކެވެ. އެންމެ ފަހުގެ ޔޫރޯއިން ފްރާންސް ކަޓުވާލީ ވެސް ދެ ވަނަ ބުރުގައި އެމީހުންނެވެ. މިއީ އެގައުމުގެ އެންމެ ރަނގަޅު އެއް ނަތީޖާވެސްމެ އެވެ.

މި ފަހަރުގެ ޔޫރޯ ކޮލިފައިންގައި އެމީހުންގެ 22 ގޯލު ޖެހި އެވެ. މިހެންވެ ކުރީގެ ޓީމުތަކަށްވުރެ ސްވިޒަލޭންޑްގެ ފޯވަޑްލައިނާމެދު މިހާރު އިތުބާރު ކުރެވޭނެ އެވެ. ހާއްސަކޮށް ޓީމުގެ ކޯޗުކަމާ ޔަގީން ހަވާލުވި ފަހުން ސްވިޒަލޭންޑް ޓީމެއްގެ ގޮތުގައި ފެންނަނީ ރަނގަޅަށެވެ. ސްވިޒަލޭންޑްގެ ޖާޒީ 1998 ވަނަ އަހަރުން ފެށިގެން ތައްޔާރުކޮށްދެނީ ޕޫމާއިންނެވެ.

ޓީމުގައި މޮޅު ކުޅުންތެރިން ގިނަ އެވެ. އިންޓަމިލާނުގެ ގޯލްކީޕަރު ޔާން ސޯމާ އާއި މެންޗެސްޓާ ސިޓީގެ މެނުއަލް އަކަންޖީ އާއި ނިއުކާސަލްގެ ފަބިއަން ޝާ އާއި ބަޔާ ލެވަކޫސަނަށް ކުޅޭ ކެޕްޓަން ގްރަނިތް ޒަކާގެ އިތުރުން ފޯވަޑް ނޯއަ އޮކަފޫ އަކީ މުހިންމު ކުޅުންތެރިންނެވެ.

އުމުރުން 32 އަހަރުގެ ޝާކާ އުފަންވީ ސްވިޒަލެންޑްގެ ބާސިލްއަށެވެ. މިޑްފީލްޑަރަކަށް ކުޅޭ ޝާކާއަކީ ޑިފެންސިވް މިޑްފީލްޑަރެއްގެ ގޮތުގައިވެސް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. އޭނާއަކީ ސްވިޒަލެންޑުގެ ޤައުމީ ޓީމުގެ ކެޕްޓަނެވެ. ސްވިޒަލެންޑުގެ ޤައުމީ ސީނިއަރ ޓީމަށް ކުޅެން ފެށި 2011 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ އެޓީމަށް 125 މެޗު ކުޅެދީ 14 ލަނޑު ޖަހައިދީފައެވެ. 2017 ވަނަ އަހަރުގެ ސްވިޒަލެންޑުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމުވެސް ހޯދިއެވެ. 2009 ވަނަ އަހަރު އޮތް 19 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ތަށި ސްވިޒަލެންޑާއެކު އުފުލާލިއެވެ.