ޚަބަރު

ކާނާ ވިހަވި ބިދޭސީންތަކަކަށް ބ.އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެނީ


ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުން ގެންދާ، ބ.އަތޮޅު ކަނިފުށީގައި މަސައްކަތް ކުރަމުންދިޔަ ފަންސާހަކަށް ބިދޭސީން، ކާނާ ވިހަވެ، ބ.އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުން އެބަދެއެވެ.

ބ.އަތޮޅު ހޮސްޕިޓަލްގެ ޕަބްލިކް ރިލޭޝަން އޮފިސަރ ޝިބާނާ މޫސާ ވިދާޅުވީ، ކާނާ ވިހަވި، މީހުންގެ ތެރެއިން 27 މީހުންނަށް، އެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ އެބަގެންދެއެވެ. ސީރިއަސް ޙާލަތުގައި އެއްވެސް ފަރާތެއް ނެތް ކަމަށާއި އިތުރު 23 މީހުން އޭދަފުށްޓަށް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ޝިބާނާ ވިދާޅުވިއެވެ.

ޑޮކްޓަރުންނާ ޙަވާލާދެއްވާ ޝިބާނާ ވިދާޅުވީ، ކާނާ ވިހަވެފައިވަނީ މެންދުރުގެ ކައުމަށް ބޭނުންކުރި މަހުގެ ސަބަބުން ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެކަންތައް އިތުރަށް ޔަޤީންކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.