ޚަބަރު

ޙައްޖުގެ އަޅުކަމަށް ގޮސްހުރި މީހަކު ނިޔާވެއްޖެ


ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށްގޮސްހުރި ޙައްޖުވެރިއަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ރ. ހުޅުދުއްފާރު، ހަފީޒީހިޔާ، ޢުމުރުން 80 އަހަރުގެ ފާޠިމަތު ޙަފީޒާއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، އޭނާ ނިޔާވީ ރޭގެ ވަގުތެއްގައިކަމަށެވެ. މަރްހޫމާގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނީ މަސްޖިދުލް ޙަރާމްގައިކަމަށްވެސް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.