ޚަބަރު

9 ލައްކަ ރުފިޔާ ޙަރަދުކޮށްގެން ގުރައިދޫގައި ޕާކެއް ހުޅުވައިފި


9 ލައްކަ ރުފިޔާ ޚަރަދުކޮށްގެން ކ. ގުރައިދޫގައި ކުޑަކުދިންގެ ޕާކެއް ހުޅުވައިފިއެވެ. 

އަމިއްލަ ފަރާތެއްގެ އެހީގައި ކައުންސިލުން މަސައްކަތް ކުރައްވައިގެން ހައްދަވާފައިވާ މި ޕާކު ހުޅުއްވައިދެއްވީ ޔޫތް މިނިސްޓަރ އަހުމަދު ޒުހޫރާއި ގުރައިދޫ ދާއިރާގެ މެމްބަރ އިބްރާހީމް ރިޒާއެވެ. ކައުންސިލުން ވިދާޅުވީ މިދިޔަ ޑިސެމްބަރމަހުން ފެށިގެން ޕާކުގެ ޢަމަލީ މަސައްކަތްތައް ކުރައްވަމުންގެންދެވީ، ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ޕާކު ހުޅުއްވުމަށްކަމަށެވެ. 

"ތުއްތޮންބެ ޕާކު" ގެނަމުގައި ހުޅުވި މިޕާކުގައި ކުޑަކުދިންނަށް އެކިކަހަލަ ކުޅިވަރު ކުޅެވޭނެ ގިނަ އާލަތްތައް ޤާއިމްކޮށްފައިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ. ޕާކު ތައްޔާރު ކޮށްފައި ވަނީ ރަށުގެ އުތުރު ކޮޅުގައި ގުރައިދޫގެ ކުރީގެ ޕްރީސްކޫލް ހިންގި ޢިމާރާތުގައެވެ.