ޚަބަރު

ޤައުމީ ދިފާޢީ ބާރުގެ ފަރާތުން ފަލަސްޠީނު ރައްޔިތުންނަށް 2.1 މިލިއަން ރުފިޔާގެ އެހީއެއް!


  • ޤައުމީ ދިފާއީ ބާރުގެ ފަރާތުން ހަދިޔާކުރެއްވި 2،169،826.32 ރުފިޔާގެ ފައިސާގެ އެހީއެއް

ފަލަސްޠީނު ރައްޔިތުން އެހީވުމަށް ދިވެހި ޤައުމީ ދިފާއީ ބާރުގެ ފަރާތުން 2.1 މިލިއަން ރުފިޔާގެ އެހީއެއް ފޯރުކޮށްދީފިއެވެ.

ޤައުމީ ދިފާއީ ބާރުގެ ފަރާތުން 2.1 މިލިއަން ރުފިޔާ އެހީ ފޯރުކޮށްދީފައިވަނީ "ފަލަސްތީނާއެކު ދިވެހީން" ނަމުގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޓެލެތޯންގެ ތެރެއިންނެވެ.

ޤައުމީ ދިފާއީ ބާރުގެ ފަރާތުން ހަދިޔާކުރެއްވި 2،169،826.32 ރުފިޔާގެ ފައިސާގެ އެހީ ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނަރަލް އަހުމަދު ގިޔާސްއެވެ.

ޤައުމީ ދިފާއީ ބާރުގެ އިތުރުން ސަރުކާރުގެ އެހެން މުއައްސަސާތަކާއި ކުންފުނިތަކުންވެސް ވަނީ "ފަލަސްތީނާއެކު ދިވެހީން" ނަމުގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޓެލެތޯންގެ ތެރެއިން ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައެވެ.