ކުރިއަށް އޮތް އަޟްހާ އީދު ބަންދުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ އިދާރިން ބުނެފިއެވެ.
މޫސުމާބެހޭ އިދާރިން ބުނީ އަޟްހާ އީދު ބަންދުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ކޮންމެސް ވަރަކަށް ވިއްސާރައިގެ އަސަރުކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސުމާބެހޭ އިދާރިން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި ނަމަވެސް ދަތުރުނުކުރެވޭނެ ވަރަށް ކަނޑު ގަދަވާނެކަމަށް ލަފާ ނުކުރެވޭކަމަށެވެ. އަދި އީދު ބަންދުގައި ހުރިހާ ރަށްތަކަށް ވާރޭވެހޭނެ ކަމުގައިވިޔަސް ފާއިތުވެ ދިޔަ ހަފްތާތަކުގައި މޫސުން ގޯސްވި ވަރަށް މޫސުން ގޯސް ނުވާނެ ކަމަށެވެ.
މޫސުމާބެހޭ އިދާރިން ބުނީ އީދު ބަންދުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް މީހުން ގިނަ އަދަދަކަށް ދަތުރުފަތުރުކުރާއިރު ދަތުރުފަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާކަމަށެވެ.