ތަޢުލީމު

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުޅިވަރު މުހިއްމު


ކުޅިވަރުކުޅުމަކީ އިންސާނާއަށް ގިނަ ފައިދާތަކެއް ލިބޭކަމެކެވެ. އާންމު ގޮތެއްގައި ކުޅިވަރުކުޅޭ ފަރާތްތަކަކީ އަބަދުވެސް ސިއްހީގޮތުން ރަނގަޅު މީހުން، އަދި މީގެ އިތުރުން ކުޅިވަރުކުޅުމަކީ އިޖްތިމާޢީ ގުޅުންވެސް ބަދަހިވާކަމެކެވެ.

ދުޅަހެޔޮ ސިއްޚަތެއްގައި ހުރުމަށް ކުޅިވަރު ކުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ ކުޅިވަރު ކުޅުމުން ގިނަ ފައިދާތަކެއް ލިބޭނެތީއެވެ. މިގޮތުން ކަސްރަތުގެ ގޮތުގައިވެސް ކުޅިވަރުކުޅެވެއެވެ. ކުޅިވަރުގެ ތެރޭގައި ކަސްރަތު ނުހިމެނޭ އެންމެ ކުޅިވަރެއްވެސް ނުވެއެވެ. ފެތުމާއި، ފުޓްބޯޅަ ކުޅުމާއި، ބެޓްމިންޓަން، ކްރިކެޓް، ބަށި، ބާސްކެޓް، ކެރަމް، ނެޓްބޯޅަ، ހޭންޑް ބޯލް، ފަދަ ކުޅިވަރުތަކަކީ އޭގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް ކުރާ ކުޅިވަރުތަކެކެވެ. 

މި ކުޅިވަރުތަކުގެ ސަބަބުން، ސްްޓްރެސްފިލާ، ހިތްހަމަ ޖެހުންލިބި، ހަށިގަނޑުގެ ކަށިތައް ވަރުގަދަވެ، ހަށިގަނޑުގެ ބައްޓަން އެއްްހަމައެއްގައި ހިފެހެއްޓޭކަން ފާހަގަކޮށްލެވެއެވެ.

ކުޅިވަރުގެ ސަބަބުން އިޖްތިމާޢީ ގުޅުންވެސް ވަރުގަދަވެއެވެ. މިގޮތުން ގިނަ ރައްޓެހިން ލިބި، އާއިލީ ގުޅުންބަދަހިވެ، އެއްބައިވަންތަކަން އިތުރުވެއެވެ. ކުޅިވަރުގެ ސަބަބުން ކަންނެތްކަން ފިލާ ގައިގެ ހަކަތަ އިތުރުކޮށްދެއެވެ. އަދި އޭގެ އިތުރުން ހަށިގަނޑުގެ ބައްޓަން ރީތިވެދެއެވެ. އެހެންކަމުން ކޮންމެ މީހަކީ ވެސް ކޮންމެވެސް ކުޅިވަރެއް ކުޅޭ މީހަކަށް ވާންވާނެއެވެ.