ޚަބަރު

ރަސްފަންނު: ކުޑަކުދިންނަށް ހިތްގައިމު މާޙައުލެއް


ރަސްފަންނަކީ މާލޭގައި ދިރިއުޅޭ ކުދިންނަށް ވަރަށް ހިތްގައިމު މާޙައުލެކެވެ. ގިނަ ޢަދަދެއްގެ ކުދިން އެކުދިންގެ ޢާއިލާތަކުގެ މެންބަރުންނާއެކު ރަސްފަންނަށް ޒިޔާރަތްކުރެއެވެ. 

މިއަހަރު ފެބްރުއަރީމަހުގެ 7 ވަނަ ދުވަހު ހުޅުއްވި ރަސްފަންނަކީ މާލޭގައި އެންމެ ގިނައިން ކުޑަކުދިން މަޖާކޮށް ވަގުތު ހޭދަކޮށްލަން އަންނަތަނެވެ. އެހެންކަމުން މިތަން ވެފައި މިވަނީ ވަރަށް ގިނަ ކުޑަކުދިންނަށް މުހިއްމު ތަނަކަށެވެ.

ރަސްފަންނަކީ ކުޑަކުދިންނަށް ގުޅޭގޮތަށް ފަރުމާކުރައްވައި، ހުޅުއްވާފައިވާ ތަނެކެވެ. އަދި މިތަނަކީ މީހުން ގިނަ، މި މާލޭގައި ދިރިއުޅެމުން އަންނަ ކުޑަކުދިންނަށް، މިނިވަންކަމާއެކު ހެލިފެލިވެއުޅެވޭނެ ފަދަ މާޙައުލެއް އޮތް ތަނެކެވެ. އެހެންކަމުން މި ތަނަކީ ކޮންމެ ކުޑަކުއްޖަކަށްވެސް ވަރަށް މުހިއްމު ތަނަކަށް ވަނީ ވެފައެވެ. ރަސްފަންނުގައި ކުޑަކުދިންނަށް މިނިވަންކަމާއެކު އުޅުމުގެ ފުރުޞަތު ހޯއްދަވައިދެއްވުމަށް އެތާނގައި ފުލުހުން ޓްރެފިކް ބަލަހައްޓައިދިނުމަކީ އެކަމާ ކޮންމެ ކުޑަކުއްޖަކުވެސް އުފާކުރާނެ ކަމެކެވެ. ރަސްފަންނުގެ ކޮންމެ ދިމާލަކުންވެސް ކުޑަކުދިންނަށް ހިތްހަމަޖެހުން ލިބިގެންދެއެވެ. ޚާއްޞަކޮށް ރަސްފަންނުގައި މޫދަށް އެރިލުމާއި ބާބަކިއު ހެދުމާއި މަސްބޭނުމުގެ ފުރުޞަތު ލިބިފައި އޮތުމަކީވެސް ކުޑަކުދިންނަށް އެކުދިންގެ ޢާއިލާތަކާއެކު އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކޮށްލުމަށް ފުރުޞަތު ލިބިގެންދާ ކަމެކެވެ.

img:http://s3.psmnews.mv/images/660x400/14628760976931.jpg|ރަސްފަންނުގައި ކުދިންތަކެއް ކުޅެނީ /

ރަސްފަންނުގައި ހުއްޓިލައިގެން ހުރިއިރު، އެތަނުގައި ޢާއިލާތަކާއެކު ވަގުތު ހޭދަކޮށްލުމަށްޓަކައި، ވަރަށް ގިނަ ކުޑަކުދިން ތިއްބެވެ. މިތަނަކީ ކިހާ މުހިއްމު ތަނެއްކަން މިކަމުންވެސް އެނގިގެންދެއެވެ. ރަސްފަންނަކީ ގިނަބަޔަކު އެއްފަހަރާ އެއްވެ އުޅޭތަނަކަށްވީއިރު، އެތަނުގެ ސާފުތާހިރުކަމަށްވެސް ވަރަށް ބޮޑު ސަމާލުކަމެއްދޭންޖެހެއެވެ. އެތަނުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި އެތައް ކަމެއް ކުރެވިދާނެއެވެ. އަދި މިކަން ކުރަން ޖެހޭނީ ވަކިބައެއް ނޫނެވެ. މިކަން ކުރުމައްޓަކައި ކުޑަކުދިން، ބޮޑެތި މީހުން އަދި ހުރިހާ އެންމެންވެސް އަތުގުޅާލާއިގެން މަސައްކަތް ކުރަންޖެހެއެވެ. އަދި މިއީ އަޅުގަނޑުމެންގެ ޞިއްޙީ ރައްކާތެރިކަމަށްޓަކައި ކުރެވިދާނެ ކަންކަމެވެ. އެގޮތުން މިފަދަ ރީތި ތަންތަނުގެ ސާފުތާހިރުކަމާއި ރީތިކަން ދެމެހެއްޓުމަކީ އަޅުގަނޑުމެންގެވެސް ޒިންމާއެކެވެ. އަދި ތަނުގައި ހުންނަ އެއްޗެހި ހަލާކުނުވާނެ ގޮތްގޮތަށް ޢަމަލުކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.