ޚަބަރު

ހެނދުނުގެ ނާސްތާ: ދުވަހުގެ އެންމެ މުހިއްމު ކެއުން


އަޅުގަނޑު ފާތިމަތު މިފްހާ އަކީ ގަލޮޅު މަދަރުސާގެ ގްރޭޑް 8 ގައި ކިޔަވަމުންދާ ކުއްޖެކެވެ. އަޅުގަނޑަކީ މެންދުރުފަހު ސްކޫލަށްދާ ކުއްޖެކެވެ. އެހެންނަމަވެސް ހެނދުނު ހޭލާ ހެނދުނުގެ ނާސްތާއަށް އަޅުގަނޑު ވަރަށްބޮޑު ސަމާލުކަމެއްދެމެވެ. މިއާއެކު އަޅުގަނޑަށް ހެނދުނު ގަޑީގައި ކިޔަވާ އެއްޗެހި ދަސްވުމަށްވެސް އިތުރަށް ފަސޭހަވެގެންދެއެވެ. 

ހެނދުނުގެ ނާސްތާއަކީ ދުވަހެއްގެ އެންމެ މުޙިއްމު ކެއުމެވެ. ސިއްޙަތު ރަގަޅު ނާސްތާއަކުން އިންސާނާއަށް ބޭނުންވާ ހަކަތަ އާއި ހަށިގަނޑަށް ލިބެންޖެހޭ މުޙިއްމު މާއްދާތައް ލިބިދެވެއެވެ. އަދި މިއީ ސިއްޙީ މިންގަނޑެއްގައި ބަރުދަން ހިފަހައްޓާ ހެދި ބޮޑުވުމަށް އެހީތެރިވެދޭކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ހެދުނު ސައި ބޮއެގެން ނުވަތަ ހެދުނު ނާސްތާކޮށްގެން ސްކޫލަށްދާ ކުދިންގެ ނަތީޖާ ރަނގަޅެވެ. އަދި ހެނދުނުގެ ނާސްތާކޮށްގެން މަސައްކަތަށް ދާ މީހުންގެ މަސައްކަތް ހަލުވިވެ ރަގަޅަށް ކާމިޔާބުކަމަށްވެސް ދިރާސާތަކުން ދައްކައެވެ. އަނެއްކޮޅުން ހެނދުނުގެ ނާސްތާ ނުކޮށް މަސައްކަތަށް ދިއުމަކީ އަވަހަށް ވަރުބަލިވުމަށް އެޅޭ ބާރެކެވެ. އަދި ސިކުނޑި މަސައްކަތްކުރުމަށް ބޭނުންވާ ހަކަތަ ހުސްވަން ފެށުމުން ހަށިގަނޑަށް އޭގެ ނޭދެވޭ އަސަރުކުރެއެވެ.

ނިއުޓްރިޝަނިސްޓުން ވިދާޅުވާ ގޮތުގައި ހެނދުނުގެ ނާސްތާގެ ގޮތުގައި ކާންޖެހޭނީ ހަކަތަ ގިނަ އަދި ސަރުބީ މަދު ކެއުމެކެވެ. އަދި ފައިބަރގެ ގޮތުން މުއްސަނދިކެއުމެއް އިޚްތިޔާރުކުރަންޖެހެއެވެ. ސިއްޙަތަށް އެންމެ އެކަށޭނެ ހެނދުނުގެ ނާސްތާގެ ގޮތުގައި، ރަގަޅަށް ކައްކާފައި އޮތް ބިހެއް، ،އޮރެންޖެއް، ބޯތަށްޓެއްގެ ގްރެއިން ސީރިއަލްސް ސޮއި މިލްކާއެކު ބޭނުންކުރެވިދާނެއެވެ.

img:http://s1.psmnews.mv/images/660x400/14628596039952.jpg|ހެނދުނުގެ ނާސްތާގެ ގޮތުގައި ދިވެހިން ކެއުމަށް ބޭނުންކުރާ ބައެއް ކާނާ

އަޅުގަޑުމެންގެ ތެރެއިން ގިނަ ކުދިން ސްކޫލަށްދާއިރު ހެދުނު ކިރުތައްޓެއްވެސް ބޯނުލައެވެ. އެކަކަމު ހެދުނު ކުރިން ތެދުވެ ސްކޫލަށް ދިޔުމުގެ ކުރިން ކިރު ތައްޓެއް ނުވަތަ ރަނގަޅަށް ސައި ބޮއެގެން ސްކޫލަށް ދާ ކުދިންނަށް ދުވަހުގެ ފިލާވަޅުތައް ދަސްކުރުމަށް ފަސޭހަވެއެވެ. އަދި މުދައްރިސުން ކިޔަވާދެއްވާ ފިލާވަޅުތައް ދޭހަވާލެއް ފަސޭހަވެ، ރަގަޅު ނަތީޖާ ހޯދަންވެސް ފަސޭހަވެގެންދެއެވެ.

ހެނދުނުގެ ނާސްތާ މުޙިއްމުވާ އެއް ސަބަބަކީ މިއީ މުޅި ދުވަހު މީހާގެ މޫޑަށާއި ހެލިފެލިވުމަށް އެހީވެދޭނެ ކަމެއްކަމުގައިވާތީއެވެ. އަދި ހެނދުނުގެ ނާސްތާއަކީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްވެސް އެހީވެދޭނެކަމެކެވެ. އެހެންކަމުން ރަގަޅު ސިއްޙަތެއްގައި ހުރުމަށްޓަކައި ކޮންމެ މީހަކުވެސް ހެނދުނުގެ ނާސްތާ ނެގުމަށް އާދަކުރަންޖެހެއެވެ. 

އަޅުގަނޑުމެން ދަރިވަރުން ހެދުނު ސްކޫލަށް ދިޔުމުގެ ކުރިން ހެދުނުގެ ނާސްތާއަށް އެންމެ ކުޑަމިނުން ކިރު ތައްޓެއް ބޮއެގެން ދާ ކުދިންނަށްވާ ޖެހެއެވެ. ހުރިހާ ކުދިންވެސް މިކަމަށް ސަމާލުވުމީ ކުއްޖާ ހެދި ބޮޑުވެ ކިޔެވުމަށް ފަސޭހަވެގެންދާނެކަމެކެވެ.