ޚަބަރު

"ނަޝީދުގެ މައްސަލަ އަވަސްކޮށްދެއްވުމަށް އެދިވަޑައިގަންނަވާނަން"


ކުރީގެ ރައީސް ނަޝީދުގެ މައްސަލަ ވެވަޑައިގެންނެވި އެންމެ އަވަހަށް، ކޮންމެ ވެސް ގޮތަކަށް ނިންމަވައިދެއްވުމަށް ސުޕްރީމް ކޯޓުގައި އެދިވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ހައްދުންމަތީ ފޮނަދޫގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް ނަޝީދުގެ މައްސަލައިގައި އެމަނިކުފާނަށް އެއްވެސް ގޮތެއް ހެއްދެވޭނީ، ޝަރުޢީ މަރުހަލާ ކަޑައްތުކޮށް ނިންމެވުމުންކަމަށެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނަކީ ޝަރުޢީ ދާއިރާގެ ކަންކަމާމެދު ބަސްބުނެ ނުފޫޒު ފޯރުވާ މީހެއް ނޫންކަމަށާއި، ނަމަވެސް މައްސަލަތައް ލަސްވެގެންދާނަމަ އެފަދަ މައްސަލަތައް އަވަސްކޮށްދެއްވުމަށް އެދިވަޑައިގަންނަވާނެކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ޕާޓީތަކުން އެފަދަ މީހަކާމެދު ކޯޓަކުން ނިންމަވާ ގޮތެއް ބަދަލުކުރެވޭނީ ރައްޔިތުން ބޭނުންވާ ގޮތަކަށް ރައްޔިތުންގެ މަޖިލީހުން ކަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ބޮޑެތި ކުށްކޮށްގެން ރައީސް ނަޝީދުގެ އިތުރުން އިތުރު ބައެއްގެ މައްސަލަތައް ކޯޓު މަރުޙަލާއިން ވީއެންމެ އަވަހަކަށް އަވަސް ކޮށް ނިންމެވޭނެކަމަށް އުއްމީދު ކުރައްވާކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި ކިތަންމެ ބޮޑު ކުށެއް ކުރުމަށްފަހުގައިވެސް އެފަދަ ކަންކަން ނުކުރާކަމަށްބުނެ ބައެއް ފަރާތްތަކުން މަސައްކަތް ކުރައްވާއިރު، އެފަދަ ކުށް ތަކުރާރުވިޔަ ނުދިނުމަށް ރައްޔިތުން މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ޚިޔާލުފާޅުކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ.