ޚަބަރު

ބްރިޖުގެ ޕްލެޓްފޯމްތަކުގެ މަސައްކަތް މާދަމާ ނިމޭނެ


ޗައިނާ - މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ޕްލެޓްފޯމްތަކުގެ މަސައްކަތް މާދަމާގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ. 

ބްރިޖްގެ ޓައިމް ލައިންގައިވާ ގޮތުން، މެއިމަހުގެ ދިހަ ވަނަ ދުވަހަކީ، ބްރިޖްގެ ޕްލެޓްފޯމްތަކުގެ މަސައްކަތް ނިންމަންޖެހޭ ދުވަހެވެ. ބްރިޖްގެ ފައުންޑޭޝަން މަސައްކަތް ފެށުމުގެ ކުރިން، ކަނޑުގައި ފަސް ޕްލެޓްފޯމެއް ހެދުމަށް ހަމަޖެހިފައިވެއެވެ. މިއަދުގެ ނިޔަލަށް ހަތަރު ޕްލެޓްފޯމް ވަނީ ނިމިފައެވެ. އަދި ދެން ހުރި ޕްލެޓްފޯމްގެ މަސައްކަތްވެސް ވަނީ ނިމުމަކާ ކައިރިވެފައެވެ. 

ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބްރިޖްގެ ޕްލެޓްފޯމްތައް ނިންމުމަށްފަހު، ދެން ކުރިއަށްދާނީ ބްރިޖްގެ އެންމެ އުނދަގޫ މަސައްކަތްތައް ކަމަށެވެ. އެގޮތުން އަންނަމަހުގެ ތެރޭގައި ފައުންޑޭޝަންގެ މަސައްކަތް ފެށިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.