ޚަބަރު

ޕްރޮޓެކްޓިވް ސެކިއުރިޓީ ޓްރެއިނިންގ ކޯސް ނިމިއްޖެ


ޕޮލިސް އެކަޑަމީން ފުލުހުންނަށް އަމާޒުކޮށްގެން ހިންގި ފަސް ވަނަ ޕްރޮޓެކްޓިވް ސެކިއުރިޓީ ޓްރެއިނިންގ ކޯސް 27 ފުލުހަކު ފުރިހަމަކޮށްފިއެވެ. 

އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މިކޯހުން ފާސްވި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީ ވިދާޅުވީ ޕާސަނަލް ސެކިއުރިޓީއަށް ފުލުހުންގެ ފަރާތުން އެދެމުންދާ ފަރާތްތައް އިތުރުވަމުންދާއިރު މި މަސައްކަތަށް ބޭނުންވާ ފުލުހުން ތައްޔާރުކުރުމަކީ ފުލުހުންގެ މުއައްސަސާގެ އަމާޒެއްކަމަށެވެ. 

ޕްރޮޓެކްޓިވް ސެކިއުރިޓީ ޓްރެއިނިންގ ކޯހުގައި ވީ.އައި.ޕީ ސެކިއުރިޓީގައި ހަރަކާތްތެރިވާނެ ގޮތްތަކާއި ސިންގަލް އަދި ޓީމް މޫވްމެންޓުތަކާއި، ދިމާވާ އެކިއެކި ހާލަތްތަކުގައި ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާނެ ގޮތްތަކާއި، ސެކިއުރިޓީ އިވެންޓްތަކާއި އޮޕަރޭޝަންތައް ޕްލޭންކޮށް ހިންގާނެގޮތް ކިޔަވައިދީފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.