ދީން

އިސްލާމީ މަރުކަޒުގައި މާބްލް ޖެހުމުގެ މަސައްކަތް ފަށައިފި


އިސްލާމީ މަރުކަޒުގެ ގޯތިތެރެއާއި، އެތަނާއި ގުޅިފައިވާ ބައެއް މަގުތައް ހިމެނޭގޮތަށް މާބުލް ޖެހުމުގެ މަސައްކަތް ފަށްޓަވައިފިއެވެ.

މިއީ ބަރަކާތްތެރި ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން، މާލޭގައި ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއެވެ. އިސްލާމީ މަރުކަޒުގައި މާބްލު ޖެހުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެމް.ޓީ.ސީ.ސީ އާ ޙަވާލުކޮށްގެނެވެ. މަސައްކަތް ކުރިއަށްގެންދިއުމަށް ބޭނުންވާ ސަމާނުތައް މިހާރު ހުރީ، އެ ސަރަޙައްދަށް ގެންގޮސްފައެވެ. މާބުލް ޖެހުމަށް ޗައިނާ ސަރުކާރުން ވަނީ 1.14 މިލިޔަން ޑޮލަރުގެ އެހީއެއް ދިވެހި ސަރުކާރަށް ދެއްވާފައެވެ. 

img:http://s1.psmnews.mv/images/660x400/14627941238814.jpg|އިސްލާމީ މަރުކަޒުގެ ބޭރުގައި މާބްލް ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ / ފޮޓޯ: ޕީއެސްއެމް ނިއުސް

މި މަޝްރޫޢަކީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ގާތްގަނޑަކަށް ފަސްހާސް އަކަމީޓަރުގެ ސަރަޙައްދެގައި މާބްލް ޖަހާނެކަމަށެވެ. މާބުލް ޖެހުމުގެ އިތުރުން އެސަރަޙައްދުގައި ނަމާދަށް ތިބޭ މީހުންނަށް ހިޔާ ބޭނުންވާ ވަގުތުތަކުގައި ހިޔާ ލިބިދިނުމަށްޓަކައި ޚާއްޞަ ކުޑަތަކެއް ޖެއްސެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.