ތަޢުލީމު

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކިޔަވައިދެއްވަން ފަށްޓަވަނީ


ރާއްޖޭގައި ދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމުގެ ގޮތުން މާލެއާއި އަތޮޅުތަކުގައި ސަރުކާރުން ހިންގަމުންދާ ސްކޫލުތަކުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކިޔަވައިދެއްވުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. 

އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ރާއްޖެ އެތުރިފައިވާ ގޮތުން އިންޓަނެޓް ބޭނުންކޮށްގެން ތަޢުލީމު ޙާސިލް ކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ފުޅާކުރަން ޖެހިފައިވާކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދެ މަސް ނޫނީ ތިން މަސް ތެރޭގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ހުންނަ ސަރުކާރުގެ ސްކޫލެއްގައި ވީޑިއޯ ކޮންފަރެންސް ކުރެވޭނެ ގޮތް ހަމަޖެހި، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިބެގެންވެސް ކިޔެވޭނެ ފުރުސަތުގެ ފަހިވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރުވެސް ރާއްޖޭގެ ދިހަ އަތޮޅެއްގެ ޓީޗަރ ރިސޯސަސް ސެންޓަރ ގައި ވީޑިއޯ ކޮންފަރެންސް ކުރެވޭނެ ނިޒާމް ހަމަޖެހިފައިވާ ކަމަށެވެ. ހަމައެހެންމެ ބާކީ އޮތް ދިހަ އަތޮޅުގައި މި ނިޒާމް ވަރަށް އަވަހަށް ޤާއިމް ކުރެވޭނެ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.