ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަކަށް ނާޒިމް އިންތިޚާބުކޮށްފި


  • ނާޒިމަށް ލިބިވަޑައިގެންނެވީ 80 ވޯޓު

  • މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް ވަނީ އިންތިޚާބުކުރައްވާފައި

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އިންތިޚާބުކޮށްފިއެވެ.

އެމަނިކުފާނު މަޖިލީހުގެ ނައިބު ރައީސަކަށް އިންތިޚާބުކޮށްފައިވަނީ މިއަދު ކުރިއަށްދިޔަ 20 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައެވެ. މި ޖަލްސާގައި މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް އަބްދުﷲ ވެސް ވަނީ އިންތިޚާބު ކުރައްވާފައެވެ.

މި ޖަލްސާގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ވަނީ ވަގުތީ ކޮމިޓީއެއް އެކުލަވާލައިފައެވެ. މި ކޮމިޓީގައި ހިމެނިވަޑައިގެންނެވީ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ އާއި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އަދި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އަޙްމަދު ނާޒިމްގެ ނަންފުޅު ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲއެވެ. އެ ނަންފުޅަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ ތާއީދު ކުރައްވާފައެވެ.

ނައިބު ރައީސަކަށް ނާޒިމް އިންތިޚާބުވެވަޑައިގެންފައިވަނީ 80 މެންބަރުންގެ ވޯޓުންނެވެ. އެމަނިކުފާނާ ވާދަކުރެއްވި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީއަށް ލިބިވަޑައިގެންނެވީ 12 ވޯޓެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރަނީ މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. މި އިންތިޚާބުގައި މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް އިންތިޚާބުވެވަޑައިގެންނެވީ ވޯޓުންނެވެ. ނައިބު ރައީސަކަށް ނާޒިމް އިންތިޚާބުވެވަޑައިގެންނެވީ ވޯޓުންނެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބުވެވަޑައިގަތުމާއެކު ވިހިވަނަ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސެވެ. ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓަވާނީ ނައިބު ރައީސެވެ.