ޚަބަރު

ޕީއެންސީގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ޒީނާޒް


  • ޒީނާޒް އެމަޤަމަށް ހަމަޖެއްސީ ޝިފާގު މުފީދު އިސްތިޢުފާދިނުމުން

  • ޒީނާޒް ވަނީ މީގެ ކުރިން ކުޑަކުދިންގެ ހިޔާގެ ސީއީއޯކަންވެސް ކުރައްވާފައި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ޒީނާޒް ޢަދުނާން ހަމަޖައްސަވައިފިއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ޒީނާޒް ޢަދުނާން ހަމަޖައްސާފައި ވަނީ ކުރިން އެ މަޤާމުގައި ހުރި ޝިފާގު މުފީދު މިިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިސްތިޢުފާ ދިނުމާއި ގުޅިގެންނެވެ.

ޒީނާޒް ވަނީ މީގެ ކުރިން ކުޑަކުދިންގެ ހިޔާގެ ސީއީއޯކަންވެސް ކުރައްވައިފައެވެ. އަދި ތަޢުލީމީ ދާއިރާގައިވެސް ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވެއެވެ.