ދުނިޔެ

ވިކްޓްރީ ޑޭ އިހްތިފާލްތަކުގެ ރިހާސަލް މޮސްކޯގައި ބާއްވައިފި


ދެވަނަ ބޮޑުހަނގުރާމައިގާ ނާޒީ ޖަރުމަނުގެ މައްޗަށް އިއްތިޙާދީންގެ ލަޝްކަރުތައް ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ބާއްވާ "ވިކްޓްރީ ޑޭ" ނުވަތަ ނަސްރުގެ ދުވަހުގެ އިހްތިފާލްތަކުގެ އެންމެ ފަހުގެ ރިހާސަލް، މޮސްކޯގެ ރެޑް ސްކެއާގައި ބާއްވައިފިއެވެ.

އަންނަ ހޯމަ ދުވަހު ބާއްވާ އިޙްތިފާލްތަކުގެ މި ރިހާސަލްގައި ރަޝިޔާގެ ބަރުހަތިޔާރުތައް ރެޑް ސްކެއާގައި ބިންމަތީގައި ހަރަކާތްތެރިވެފައިވާއިރު އެޤައުމުގެ ފައިޓަރ ޖެޓްތަކާއި އަސްކަރީ ހެލިކޮޕްޓަރުތައްވަނީ އެސަރަޙައްދުގެ މަތިން އުދުހިފައެވެ. "ވިކްޓްރީ ޑޭ" ނުވަތަ ނަސްރުގެ ދުވަހަކީ ރަޝިޔާއިން ކޮންމެ އަހަރަކުވެސް ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ދުވަހެކެވެ. ނަމަވެސް މިއަހަރުގެ އިޙްތިފާލްތައް ބާއްވަނީ މިދިޔަ އަހަރު ބޭއްވި ފެންވަރުގައި ނޫންކަމަށް ރަޝިޔާއިން ބުނެއެވެ. ދެވަނަ ބޮޑުހަނގުރާމައިގާ ނާޒީ ޖަރުމަނުގެ މައްޗަށް ކާމިޔާބު ހޯދުމުގައި ރަޝިޔާގެ 3 މިލިޔަނެއްހާ މީހުން މަރުވެފައިވާ ކަމަށް އެޤައުމުން ބުނެއެވެ.