ޚަބަރު

ދިވެހިބަހާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ވަޖުދީ ސަސްޕެންޑުކޮށްފި


  • ސަސްޕެންޑް ކޮށްފައިވަނީ ސުލޫކީ މައްސަލައަކާ ގުޅިގެން ކަމަށް މަޢުލޫމާތު ލިބޭ

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ސަޢީދު މޫސާ ވަޖުދީ ސަސްޕެންޑްކޮށްފިއެވެ.

އޭނާ ސަސްޕެންޑް ކޮށްފައިވާކަން "ޕީއެސްއެމް ނިއުސް" އަށް ވަނީ ކަށަވަރުވެފައެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ ބަލަމުންދާ ސުލޫކީ މައްސަލައަކާ ގުޅިގެން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި މައްސަލައާ ގުޅޭ ތަފްސީލެއް މިހާތަނަށް ސަރުކާރުން ހިއްސާކޮށްފައި ނުވެއެވެ.

ވަޖުދީ މަގާމުން އެކަހެރިކޮށްފައިވާއިރު އިންޑިއާއަށް ކުޑައިމީސްވާގޮތަށް ސޯޝަލް މީޑިއާގައި ޚިޔާލުފާޅު ކުރުމުގެ ސަބަބުން ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވެސް ވަނީ މަގާމުގެ މަސްޢޫލިއްޔަތުތަކުން ދުރުކޮށްފައެވެ.