ޚަބަރު

އެމްއެމްޕީއާރްސީގެ އެމްޑީ ފާތިމަތު ތައުފީޤް މަޤާމުން ވަކިކޮށްފި


  • ފާތިމަތު ތައުފީޤު މަޤާމުން ވަކިކުރި ސަބަބެއް ހާމަކޮށްފައި ނުވޭ

  • ފާތިމަތު ތައުފީޤު މަޤާމަށް އައްޔަން ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 17 ވަނަ ދުވަހު

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރ ފާތިމަތު ތައުފީޤް މަޤާމުން ވަކިކުރައްވައިފިއެވެ.

އެމްއެމްޕީއާރްސީ އެމްޑީ މަޤާމުން ވަކިކުރަށްވާފައިވާކަން ޕީއެސްއެމް ނިއުސްއަށް ކަށަވަރު ވެފައިވާއިރު، ވަކިކުރި ސަބަބެއް މިހާތަނަށް ޕީސީބީން ހާމަކުރައްވާފައި ނުވެއެވެ. ފާތިމަތު ތައުފީޤް މަޤާމުން ވަކިކުރައްވާފައިވާއިރު،

ފާތިމަތު ތައުފީޤް އެމަޤާމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

އެމްއެމްޕީއާރްސީގެ ބޯޑުގެ ޗެއަރޕަރސަން އައިޝާ ނޫރްއައިން ޖަނާހްވެސް ވަނީ އިއްޔެ މަޤާމުން އިސްތިއުފާ ދެއްވައި އެކަން ޕީސީބީއަށް އަންގަވާފައެވެ. އަދި އެމްއެމްޕީއާރްސީގެ ބޯޑުގައި މަޓީ ތަމްސީލް ކުރައްވާ މެންބަރު މުހައްމަދު ރާފިލްވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.