ދުނިޔެ

އީރާނު ރައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރު ފެނިއްޖެ


  • އީރާނުގެ އިރުމަތީ ސަރަހައްދަކަށް ހެލިކޮޕްޓަރު ވަނީ ވެއްޓިފައި

  • އީރާނުގެ ރައީސްގެ އިތުރުން، އެ ޤައުމުގެ ފޮރިން މިނިސްޓަރުވެސް އިންނެވި

އީރާނުގެ ރައީސް އިބްރާހީމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު އެ ޤައުމުގެ އިރުމަތީ ސަރަހައްދަކަށް ވެއްޓިފައި އޮތްވާ ހޯދިއްޖެކަމަށް ޚަބަރުތައް ބުނެފިއެވެ.

އީރާނުގެ ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ ހަބަރުތައް ބުނާގޮތުން ހެލިކޮޕްޓަރު ވެއްޓިފައިވަނީ އީރާނުގެ އިރުމަތީގައި އޮންނަ އަޒަރުބައިޖާން ޕްރޮވިންސުގެ ސަރަހައްދަކަށެވެ. އަދި ހެލިކޮޕްޓަރު ވެއްޓިފައި އޮތް ސަރަހައްދުން ސަލާމަތުން ހުރި އެއްވެސް މީހެއްގެ ނިޝާނެއް ފެންނަން ނެތްކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ހަބަރުތައް ބުނާގޮތުން ވެއްޓުނު ހެލިކޮޕްޓަރުގައި އީރާނުގެ ރައީސްގެ އިތުރުން، އެ ޤައުމުގެ ފޮރިން މިނިސްޓަރާއި ބައެއް ޕްރޮވިންސްތަކުގެ އިސްވެރިންވެސް ތިއްބެވިއެވެ.