ކުރިއަށްއޮތް ވިއްސާރަ ދުވަސްވަރު އިމާރާތްކުރުމުގެ ކަންކަމުގައި ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގަ މޫސުން ގޯސްވެ، ވައިގަދަވުމުގެ ސަބަބުން، އިމާރާތްކުރުމުގެ މަަސައްކަތް ކުރަމުންދާ ސައިޓްތަކުގައި، ހުންނަ ތަކެތި ވަޔާ ވިއްސައިގެން ނުދާނެހެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.
އެވިޒާރާގެ ބަޔާނުގައި އެފަދަ ތަކެތި ވަޔާ ވިއްސައިގެން ގޮސް ހިތާމަވެރި ހާދިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި، އަޅަންޖެހޭ އެންމެހާ ސަލާމަތީ ފިޔަވަޅުއަޅައި، ސަަލާމަތީ މިންގަނޑު ކަނޑައެޅުމަށް އެންމެހާ ފަރާތްތަކަށް ވަނީ އިލްތިމާސްކުރައްވާކަމަށެވެ.
މީގެ އިތުރުން މިވަގުތު އިމާރާތްކުރުމުގެ މަަސައްކަތް މަޑުޖެހިފައިވާ ސައިޓުތަކުގައި ހުރި ތަކެތި ވައިގަދަވުމުމުގެ ސަބަބުން ވިއްސައިގެން ގޮސްދާނެ ފަދަ ހާލަތެއްގައި ހުރިނަމަ، އެތަކެތި ރައްކާތެރިގޮތުގައި ބަހައްޓާ، އަޅަންޖެހޭ އެންމެހާ ސަލާމަތީ ފިޔަވަޅުތައް އެޅުމަަށް ވެސް އެވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
ހެލްތް އެންޑް ސޭފްޓީ ކަންކަން ފުރިހަމަކުރުމާއި ގުޅޭ pic.twitter.com/FjaffipTHN
— Ministry of Construction and Infrastructure (@MoCImv) May 19, 2024
މީގެ އިތުރުން، ވިއްސާރަ ދުވަސްވަރު، މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް ގިނަވާތީ، އިމާރާތްކުރާ ސައިޓްތައް މަދިރި އާލާވާ ގޮތަށް ނުބެހެއްޓުމަށާއި އެފަދަ ތަންތަން ނައްތާލުމަށް ވެސް އެ ވުޒާރާއިން ވަނީ އިލްތިމާސްކުރއްވާފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން މިހަފްތާގެ ތެރޭގައިވެސް ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ހުރި ގަސްތައް ވެއްޓި ބައެއް އިމާރާތްތަކުގައި ޖަހާފައިވާ ބައެއް ފެންސްތައް ވަޔާދާތީ އެފަދަ ކަންކަމަށް ސަމާލުވުމަށް ގުޅުންހުރި ޢިދާރާތަކުންވަނީ އިލްތިމާސްކޮށްފައެވެ.