ޚަބަރު

މާލެ ސަރަހައްދުގެ ސްކޫލުތަކަށް ދަރިވަރުން ވައްދަން ހުޅުވާލި ފަހު ފުރުޞަތު މާދަމައަށް ހަމަވާނެ


މާލެ ޞަރަހައްދުގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމަށް ހުލުވާލި ފަހު ފުރުޞަތު މާދަމާއަށް ހަމަވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީ ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ދިރާސީ އާ އަހަރު މާލެއާއި މާލޭގެ ސަރަހައްދުގެ ސްކޫލުތަކަށް ވައްދަން ބޭނުންވާ ދަރިވަރުންންށާއި ސްކޫލް ބަދަލުކުރަން ބޭނުންވާ ދަރިވަރުންނަށް އެޑިޔުކޭޝަން މިނިސްޓްރީން އިތުރު ފުރުސަތެއް ހުޅުވާލިއެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 13 އިން ފެށިގެން 16 ވަނަ ދުވަހުގެ މެންދުރުފަހު 14:00އާ ހަމައަށެވެ.

މާލެ ސްކޫލްތަކަށް ވެއްދުމަށް ފުރުސަތު ލިބޭނީ:


- ސަރުކާރު ސްކޫލެއްގެ ފައުންޑޭޝަން ސްޓޭޖުގެ ކުލާހަކަށް ވައްދަން ބޭނުންވާ ދަރިވަރުން
- ގްރޭޑް އެކަކަށް އަލަށް ވައްދަން ބޭނުންވާ ދަރިވަރުން
- ޕްރައިވެޓު ސްކޫލަކުން ސަރުކާރު ސްކޫލަކަށް ބަދަލުވާން ބޭނުންވާ ދަރިވަރުން
- ރާއްޖެއިން ބޭރުގެ ގައުމެއްގައި އުޅެފައި ރާއްޖެއަށް ބަދަލުވެ، ސަރުކާރު ސްކޫލަކަށް ވަންނަން ބޭނުންވާ ދަރިވަރުން

ސްކޫލުތަކަށް ވަނުމަށް ބޭނުންވާ ދަރިވަރުންނަށް މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ރަށްރަށުގެ ސްކޫލްތަކުން މާލޭގެ ސްކޫލްތަކަށް ބަދަލުވާން މިހާތަނަށް 900 އަށްވުރެ ގިނަ ދަރިވަރުން ފޯމު ހުށަހަޅާފައިވެ އެވެ. އަދި މާލޭގެ ސްކޫލުތަކުގެ ގުރޭޑް އެކަކަށް ވަނުމަށް ހުޅުވާލި ފުރުސަތުގައި 2000ހަށް އަށްވުރެ ގިނަ ދަރިވަރުން ފޯމު ހުށަހަޅާފައިވެއެވެ. މީގެތެރެއިން ހާހަކަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވަނީ މާލެ ސަރަހައްދުންނެވެ. މިއީ އެހެން އަހަރުތަކާއި އަޅާބަލާއިރު ގިނަ އަދަދެކެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މި ފުރުސަތު އަލުން ހުޅުވައިލީ ދަރިވަރުންނަށް އިތުރު ފުރުސަތެއް ދިނުމުގެ ބޭނުމުގައިކަމަށް މިނިސްޓްރީއިން ވިދާޅުވިއެވެ. އަންނަ ދިރާސީ އައު އަހަރު ފެށެނީ މި މޭ މަހުގެ 26 ވަނަ ދުވަހުގައެވެ،