ޚަބަރު

ސްކޫލް ބަންދާއި ދިމާކޮށް މޯލްޑިވިއަންގެ އިތުރު ދަތުރުތަކެއް


  • މިމަހުގެ 16 އިން 20 އަށް އިތުރު ފްލައިޓްތަކެއް ވަނީ ތާވަލުކޮށްފައި

ޤައުމީ އެއަރލައިން، މޯލްޑިވިއަންއިން ރާއްޖޭގެ އެކި މަންޒިލްތަކަށް ކުރާ ދަތުރުތައް ސްކޫލް ޗުއްޓީ ދުވަސްވަރާއި ދިމާކޮށް އިތުރުކޮށްފިއެވެ.

ސްކޫލްތަކުގެ ޗުއްޓީ ދުވަސްވަރާއި ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކޮށްފައި މިވަނީ ސްކޫލް ޗުއްޓީއާ ދިމާކޮށް ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ޑިމާންޑު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ޗުއްޓީ ދުވަސްވަރާ ދިމާކޮށް މޯލްޑިވިއަނުން ވަނީ ޝެޑިއުލް ދަތުރުތަކުގެ އިތުުރުން، އިތުރު ފްލައިޓްތަކެއް ބައެއް މަންޒިލްތަކަށް ތާވަލުކޮށްފައެވެ.

މޯލްޑިވިއަންއިން ދަތުރުތައް އިތުރުކޮށްފައިވާ ގޮތުގެ ތާވަލަށް ބަލާއިރު

16 މޭ

  • މާލެ-ފުވައްމުލައް އަދި ފުވައްމުލައް-މާލެ
  • މާލެ-މާވުރުލު އަދި މާވުރުލު-މާލެ

17 މޭ

  • ގަން-މާލެ އަދި މާލޭ-ގަން
  • ހޯރަފުށި-މާލެ އަދި މާލެ-ހޯރަފުށި
  • ކުޅުދުއްފުށި-މާލެ އަދި މާލެ-ކުޅުދުއްފުށި
  • ފުވައްމުލައް-މާލެ އަދި މާލެ-ފުވައްމުލައް

18 މޭ

  • ފުނަދޫ-މާލެ އަދި މާލެ-ފުނަދޫ
  • ފުވައްމުލައް-މާލެ އަދި މާލެ-ފުވައްމުލައް
  • ގަން-މާލެ އަދި މާލޭ-ގަން

19 މޭ

  • ގަން-މާލެ އަދި މާލޭ-ގަން
  • ފަރެސްމާތޮޑާ-މާލޭ އަދި މާލޭ-ފަރެސްމާތޮޑާ
  • ފުވައްމުލައް-މާލެ އަދި މާލެ-ފުވައްމުލައް
  • ކުޅުދުއްފުށި-މާލެ އަދި މާލެ-ކުޅުދުއްފުށި

20 މޭ

  • މާލެ-މާވުރުލު އަދި މާވުރުލު-މާލެ
  • މާލެ-ގަން އަދި ގަން-މާލެ
  • ކައްދޫ-މާލެ އަދި މާލެ-ކައްދޫ
  • މާލޭ-މަޑިވަރު-މާފަރު އަދި މަޑިވަރު-މާފަރު-މާލޭ
  • މާލެ-ކުޅުދުއްފުށި އަދި ކުޅުދުއްފުށި-މާލެ
  • މާލެ-ފުވައްމުލައް އަދި ފުވައްމުލައް-މާލެ


މޯލްޑިވިއަންގެ ދަތުރުތައް އިތުރުކުރުމަށް ނިންމާފައި ވަނީ ސްކޫލްބަންދާއި ދިމާކޮށް ބޭސްފަރުވާއަށާއި ޗުއްޓީ ހޭދަކުރުމަށް ރާއްޖޭގެ އެއްތަނުން އަނެއްތަނަށް ދަތުރުކުރާ މީހުން ގިނަވެ މޯލްޑިވިއަންގެ ދަތުރުތަކަށް އޮންނަ ޑިމާންޑް އިތުރުވުމުންކަމަށް އެ އެއަރލައިނުން ބުނެއެވެ. މީގެކުރިން އެހެން ބަންދުތަކާއި ދިމާކޮށްވެސް މޯލްޑިވިއަންގެ ދަތުރުތައް ވަނީ އިތުރުކޮށްފައެވެ.

މޯލްޑިވިއަންއިން މިވަގުތު ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުތައް ދަނީ ބާއްވަމުންނެވެ.