ޚަބަރު

ރަޝިޔާގެ ވަރުގަދަ އިންޒާރެއް ނޭޓޯއަށް !


ރަޝިޔާގެ އަވަށްޓެރި އިރުމަތީ ޔޫރަޕްގެ ގައުމުތަކާއި ބޯލްޓިކްގެ ގައުމުތަކުގައި އަސްކަރީ ބާރުތައް ވަރުގަދަ ކުރުމަށް ނޭޓޯއިން ނިންމި ނިންމުން ތަންފީޒުކޮށްފިނަމަ ބަދަލުހިފުމުގެ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެކަމަށް ރަޝިޔާއިން ބުނެފިއެވެ. 

ރަޝިޔާގެ ދިފާއީ ވަޒީރު ސަރްގޭ ޝޮއިގް ވިދާޅުވީ، ރަޝިޔާގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ނޭޓޯއިން އަސްކަރީ ބާރުތައް ވަރުގަދަ ކުރަމުން ގެންދާނަމަ އެކަން ހަމައެކަނި ބަލަން ރަޝިޔާއިން ނޯންނާނެކަމަށާ އެކަމާ ކުރިމަތިލުމަށް އަޅާނެ ފިޔަވަޅުތައް ރަޝިޔާއިން ކަނޑައަޅާފައިވާނެކަމަށެވެ. ނޭޓޯއިން ވަނީ ރަޝިޔާގެ އަވަށްޓެރި ޕޮލެންޑާއި ބޯލްޓިކްގެ 3 ގައުމު ކަމަށްވާ އެސްޓޯނިޔާ، ލިތުއޭނިއާ އަދި ލެޓްވިއާގައި އިތުރު ހަތަރު ލަޝްކަރު ރުކުރުވާލުމަށް ނިންމާފައެވެ. 

މިކަން ތަންފީޒުކޮށްފިނަމަ ނިއުކްލިޔަރ ސްޓްރެޓީޖިކް މިސައިލްތަކުގެ ފަސް ފައުޖު ނޭޓޯއަށް އަމާޒުކޮށްގެން ރަޝިޔާގެ ހުޅަނގު ސަރަހައްދުގައި ރުކުރުވާލާނެކަމުގެ އިންޒާރު ރަޝިޔާއިން ވަނީ ދީފައެވެ.