ތެލެސީމިއާ ޚިދުމަތްތައް ފުޅާކުރުމަށް ޚާއްސަ މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށްފިއެވެ. 
ބައިނަލްއަޤްވާމީ ތެލެސީމީއާ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ތެލެސީމިއާ ޚިދުމަތްތައް ފުޅާކުރުމަށް ޚާއްސަ މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ. 
ތެލެސީމިއާ ޚިދުމަތްތައް ފުޅާކުރުމަށް ޚާއްސަ މަސައްކަތްތައް ކޮށްދެއްވާފައިވާ ޖަމިއްޔާ ޖަމާއަތްތަކުގެ ތެރެއިން ހަނދާނީ ފިލާ ދީފައިވަނީ 2 ޖަމިއްޔާއަކަށެވެ. އަދި ތެލެސީމިއާ ޚިދުމަތްތައް ފުޅާކުރުމަށް ޚާއްސަ މަސައްކަތްތައް ކޮށްދެއްވާފައިވާ 3 މީހަކަށްވެސް ހަނދާނީ ފިލާދެއްވިއެވެ. 
		
			• ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން : މިއީ ދިވެހި މުޖުތަމަޢުގައި ސިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި 1988 ވަނަ އަހަރު އުފައްދާފައިވާ ޖަމިއްޔާއެކެވެ.
• މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ : މިއީ 1994 ވަނަ އަހަރު ބެލެނިވެރިންތަކެއްގެ އިސްނެގުމަކާއެކު އުފައްދާފައިވާ ޖަމިއްޔާއެކެވެ. މިއީ ތެލެސީމިއާ ކުދިންގެ ޙައްޤުތައް ކަށަވަރު ކުރުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. 
		
			• ނަސްރީނާ އިބްރާހިމް 
• ޑރ.ނާޢިލާ އިބްރާހިމް ދީދީ
• އަލްމަރުޙޫމާ ޑރ. ފަރުޒާނާ ޚާތޫން
		
މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށް 20 އަހަރަށްވުރެ ދިގު މުއްތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
			• ފައުޒިއްޔާ ޢަލީ، މ.ލަކީހެވަން، މާލެ - އެންރޯލް ނާރސް: ޚިދުމަތް ކުރައްވަމުން ގެންދަވާތާ 29 އަހަރާއި 2 މަސް
• ނަސްރިއްޔާ ޔޫސުފް، ކުރިބޯށިގެ، ހއ ހޯރަފުށި - އެންރޯލް ނާރސް: ޚިދުމަތް ކުރައްވަމުން ގެންދަވާތާ 24 އަހަރާއި 11 މަސް
• މަރިޔަމް ރަޝީދާ އަލީ/ މިނާން، ހދ.ކުޅުދުއްފުށީ - ރަޖިސްޓަރޑް ނާރސް: ޚިދުމަތް ކުރައްވާތާ 24 އަހަރާއި 5 މަސް
• ޝިފާ އިބްރާހިމް/ ނޫރަންގެ، ޅ.ކުރެންދޫ - ސީނިއަރ ލެބޯޓަރީ ޓެކްނޮލަޖިސްޓް: ޚިދުމަތް ކުރައްވާތާ 23 އަހަރާއި 11 މަސް
• ފަރީދާ، ގ.ގޮޅާގެ، މާލެ - އެޓެންޑެންޑް: ޚިދުމަތް ކުރައްވާތާ 23 އަހަރާއި 9 މަސް
• ހައްވާ ނަސީރު، ރަތްދެބައިގެ، ސ.ހިތަދޫ - މެޑިކަލް ލެބޯޓަރީ ޓެކްނީޝަން: ޚިދުމަތް ކުރައްވާތާ 21 އަހަރާއި 5 މަސް