ޚަބަރު

ފަރަށްއެރި "ރޯޝަނީ" ބޯޓް ފުންކޮށްފި


  • އެމްޑަބްލިޔުއެސްސީން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް ރަމަޟާން މަހުގެ ބިލުތައް ކުޑަކުރުމުގެ 14.13 މިލިޔަން ރުފިޔާ ޑިސްކައުންޓުގެ ގޮތުގައި ދީފައިވާކަމަށެވެ.

މާލެއިން ފުރައިގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރަމުނިކޮށް ރޭ ދަންވަރު ފަރަށްއެރި "ރޯޝަނީ" ބޯޓް ފުންކޮށްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ރޭ ދަންވަރުގެ ވަގުތެއްގައި ފަރަށް އަރާފައިވަނީ މުދާ ބަރުކޮށްގެން، 16 މީހުންނާ އެކު ދަތުރުކުރަމުންދިޔަ ބޯޓެއްކަމަށާއި، އެ ބޯޓް މިއަދު 11:10 ހާއިރު ފުންކުރެވިފައިވާކަމަށެވެ. ބޯޓް ފުންކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުންނާއެކު ބޯޓުގެ ފަޅުވެރިން ވެސް ވަނީ ހަރަކާތްތެރިވެފައެވެ.

އެ ބޯޓު ފަރަށްއެރުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުންނާ އެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ބޯޓުން ދަތުރުކުރި އެންމެގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފުންވަނީ ބުނެފައެވެ.