ޚަބަރު

ކުޅުދުއްފުށި ސިޓީގެ ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް


  • އަލިފާން ރޯވީ އެގޭގެ ބަދިގޭގައި

  • މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައެއް ނުވޭ

ކުޅުދުއްފުށި ސިޓީގެ ގެއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއްްވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ކުޅުދުއްފުށި ސިޓީ ގޮންބުލިމާގޭގެ ބަދިގޭގައި ރޯވި އަލިފާން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ނިއްވާލާފައިވާކަމަށެވެ.

އެ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 10:30 ހާއިރު ލިބުމާއެކު ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިވުމުގެ މަސައްކަތް ކުރިކަމަށެވެ. މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލާފައިވަނީ 10:40 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް އެ ގޭގެ ބަދިގެއަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.