ޚަބަރު

ފަތުރުވެރިކަން ކުރިއެރުވުމުގައި މަސައްކަތްތެރިންގެ ދައުރު ބޮޑު: ވަޒީރު ފައިސަލް


  • ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްވެރިވާ މަސައްކަތްތެރިންނަށް ވަޒީރު މަރުހަބާ ދެންނެވި

  • މި ސިނާޢަތުގައި 58،000 އެއްހައި މުވައްޒަފުން މަސައްކަތް ކުރޭ

ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގައި، އެ ސިނާޢަތުގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ ދައުރު ބޮޑުކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައިސަލް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ ސޯޝަލް މީޑިއާ ކުރެއްވި ޕޯސްޓެއްގައެވެ.

މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ފައިސަލް ފޮނުއްވި ތަހުނިޔާގައި ވަނީ ޓުއަރިޒަމް ދާއިރާގައި ބުރަ މަސައްކަތްތަކެއް ކުރަމުންދާ މަސައްކަތްތެރިންނަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާއަށް ހިދުމަތް ކުރާ މަސައްކަތްތެރިންގެ ދައުރު ފަތުރުވެރިކަން ކުރިއެރުމުގައި މުހިއްމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވައި، މިނިސްޓަރ ފައިސަލް ވަނީ މަސައްކަތްތެރިންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި 22،000 އަށް ވުރެ ގިނަ ދިވެހިން ހަރަކާތްތެރިވަމުންދާ ކަމަށް 2022 ވަނަ އަހަރު ނެގި ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ބިދޭސީ މަސައްކަތްތެރިންނާއެކު ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންގެ އަދަދު 50 ހާހަށްވުރެ މައްޗަށް އަރައެވެ.