ޚަބަރު

މަސައްކަތްތެރިންގެ ހައްގުގައި އެމްޑީޕީ ދެމިއޮންނާނެ: ކުރީގެ ރައީސް ސާލިހު


  • އެމްޑީޕީން މަސައްކަތްތެރިންގެ ހައްޤުޤުގައި އަބަދުވެސް ވަކާލާތުކުރޭ

  • ހައްޤުތައް ކަށަވަރުކޮށްދިނުމަށް އެމްޑީޕީ ދެމިއޮންނާނެ ކަމަށް ކުރީގެ ރައީސް ސާލިހު ވިދާޅުވި

މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރު ކުރުމުގައި އެމްޑީޕީން ދެމިތިބޭނެކަމަށް އެމްޑީޕީގެ އެޑްވައިޒަރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވަނީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ އަދި މަރުހަބާ ދިވެހި ހުރިހާ މަސައްކަތްތެރިންނަށް ފޮނުއްވާފައެވެ.

ކުރީގެ ރައީސް ސާލިހު ވިދާޅުވީ މަސައްކަތްތެރިންގެ ހައްޤު ރައްކާތެރިކުރުމާއި އެންމެ ކުޑަ އުޖޫރަ ތައާރަފްކުރުން ފަދަ މުހިންމު ސިޔާސަތުތަކަށް އެ ޕާޓީން ވަކާލާތުކޮށްފައިވާ ކަމަށެވެ. އަދި މަސައްކަތްތެރިންނަށް ލިބިފައިވާ ހައްޤުތައް ކަށަވަރުކުރުމަށް އެމްޑީޕީ ދެމިއޮންނާނެކަމަށްވެސް ކުރީގެ ރައީސް ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހާގަކުރާ މަސައްކަތްތެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ މޭ މަހު 1 ވަނަ ދުވަހެވެ.