ޚަބަރު

އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ލެސްޓަރ ސިޓީއަށް !


ޗެލްސީ އަތުން ޓޮޓްނަމްއަށް މޮޅުނުވެވުމުން، ލެސްޓަރ ސިޓީއަށް އިނގިރޭސި ޕްރިމިއަރ ލީގު ކަށަވަރުވެއްޖެއެވެ. 

ލެސްޓަރ ސިޓީއާއެކު ލީގު ޗެމްޕިއަންކަމަށް ވާދަކުރަމުން ދިޔަ ޓޮޓްނަމްއަށް އެފުރުޞަތު ގެއްލުނީ ރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުނުވެ، 2-2 ލަނޑުން އެއްވަރުވުމުންނެވެ. މިމެޗުގައި ފުރަތަމަ ދެގޯލް ޖަހާ ކުރި ހޯދީވެސް ޓޮޓްނަމްއިންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ޓޮޓްނަމްގެ ދެ ލަނޑު ޖެހީ ހެރީ ކޭންއާއި ސޮންގއެވެ. ނަމަވެސް ދެވަނަ ހާފްގައި ޓޮޓްނަމް އިތުރު ލަނޑެއް ޖެހިޔަނުދީ ޗެލްސީން ވަނީ ދެ ލަނޑު ޖަހާފައެވެ. ޗެލްސީގެ ދެ ލަނޑު ޖެހީ ކާހިލް އާއި ހަޒާޑްއެވެ. 

މިނަތީޖާއާއެކު ލެސްޓަރ ސިޓީގެ ތާރީޚުގައި އެޓީމަށް ވަނީ އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ލިބިފައެވެ. ލެސްޓަރ ސިޓީއަށް ލީގު ކަށަވަރުވީ ހަތްދިހަ ހަތް ޕޮއިންޓާއެކުއެވެ. ޓޮޓްނަމް ދެވަނައިގައި އޮތީ ހަތްދިހަ ޕޮއިންޓާއެކުއެވެ.