ސިއްހަތު

ވިލިމާލޭ ހޮސްޕިޓަލްގައި އައު ޚިދުމަތްތަކެއް ފަށަނީ


ވިލިމާލޭގެ އާބާދީވެސް އެއްދުވަހުން އަނެއްދުވަހަށް ދަނީ އިތުރުވަމުނެވެ. މިއާއެކު ވިލިމާލޭ ހޮސްޕިޓަލުން ޚިދުމަތްހޯދާ މީހުންގެ ޢަދަދުވެސް މިދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ. ތިންވަނަ ދަރަޖައިގެ ހޮސްޕިޓަލަކަށް މި ހޮސްޕިޓަލް ބަދަލުކުރެވުމާއެކު އެތަނުން ދެއްވާ ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކުރެއްވުމަށްޓަކައި ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެހެން ހޮސްޕިޓަލްތަކެކޭ އެއްގޮތަށް މި ހޮސްޕިޓަލުންވެސް އެކްސްރޭގެ ޚިދުމަތާއި ސްކޭން ކުރުމުގެ ޚިދުމަތުގެ އިތުރުން ލެބޯޓަރީގެ ޚިދުމަތްވެސް ދެމުންގެންދެއެވެ. img:http://s4.psmnews.mv/images/660x400/14622892925998.jpg|ވިލިމާލެ ހޮސްޕިޓަލް - ފޮޓޯ: ޕީއެސްއެމް ނިއުސް

ވިލިމާލޭ ހޮސްޕިޓަލްގައި، އައި.ޖީ.އެމް.އެޗްގެ ޑޮކްޓަރުން ޑިއުޓީ ކުރައްވާގޮތަށްވެސް މިހާރު ވަނީ ހަމަޖައްސަވާފައެވެ. މިގޮތުން ކުޑަކުދިންގެ ޙާއްޞަ ޑޮކްޓަރުންނާއި އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރުންނާއި ކަށީގެ ޚާއްޞަ ޑޮކްޓަރުންނާއި އަންހެނުންގެ ޚާއްޞަ ޑޮކްޓަރުން އެ ހޮސްޕިޓަލްގައި ކަނޑައެޅޭ ޝެޑިއުލަކާ އެއްގޮތަށް ބަލިމީހުން ބައްލަވައި ފަރުވާދެއްވަމުން ގެންދަވާނެކަމަށް އައި.ޖީ.އެމް.އެޗްގެ ސީއީއޯ ފަރުޙަތު ޝަހީރު ވިދާޅުވިއެވެ. img:http://s1.psmnews.mv/images/660x400/14622893181210.jpg|ވިލިމާލެ ހޮސްޕިޓަލް - ފޮޓޯ: ޕީއެސްއެމް ނިއުސް

ވިލިމާލެ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކާބެހޭ ތަފްޞީލް ދެއްވަމުން އައިޖީއެމްއެޗްގެ ސީއީއޯ ފަރުޙަތު ޝަހީރު ވިދާޅުވީ އެ ހޮސްޕިޓަލުން ދެން އެންމެ އަވަހަށް ފެށިގެންދާނީ އޮޕަރޭޝަންގެ ޚިދުމަތާއި އެންއައިސީޔޫގެ ޚިދުމަތްތައްކަމަށެވެ. img:http://s2.psmnews.mv/images/660x400/14622893443247.jpg|ވިލިމާލެ ހޮސްޕިޓަލް - ފޮޓޯ: ޕީއެސްއެމް ނިއުސް

"އޮޕްރޭޝަން ތިއޭޓަރ ވެސް ހެދިފައިވަނީ  އެންއައިސީޔޫ ވެސް ހެދިފައިވަނީ. މި ހިދުމަތް ނުފެށިވަނީ އިކްއިޕްމެންޓްސްތައް ނެތުމުން އެހެން ނަމަވެސް ބައެއް އިކްއިޕްމެންޓްސްތައް މިހާރު ވަނީ އައިސްފައި. މިހާރު ޕްލޭން ކުރެވިފައިވަނީ ޑައިލިސިސްގެ ހިދުމަތް މި ހޮސްޕިޓަލްގައި ތަޢާރަފްކުރުން" ފަރުހަތު ޝަހީރު ވިދާޅުވިއެވެ. img:http://s2.psmnews.mv/images/660x400/14622893650836.jpg|ވިލިމާލެ ހޮސްޕިޓަލް - ފޮޓޯ: ޕީއެސްއެމް ނިއުސް

ވިލިމާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ޑައިލިސިސް ހަދަންޖެހޭ މީހުންނަށް މިހާރު މި ޚިދުމަތް ދެއްވަނީ އައިޖީއެމްއެޗްގައެވެ. އެހެންކަމުން ވިލިމާލޭ ހޮސްޕިޓަލުން މިޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށްޓަކައި މަޝްވަރާކުރައްވައި، ޕްލޭންކުރަމުން ގެންދަވާކަމަށް އައިޖީއެމްއެޗުން ހާމަކުރައްވައެވެ. img:http://s2.psmnews.mv/images/660x400/14622893819579.jpg|ވިލިމާލެ ހޮސްޕިޓަލް - ފޮޓޯ: ޕީއެސްއެމް ނިއުސް