ޚަބަރު

ނަތީޖާ އަންނަން ފަށައިފި، ރައީސް އާދަޔާ ޚިލާފު ކާމިޔާބަކާ ދިމާލަށް!


  • ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ވަނީ ގިނަ ގޮނޑިތަކެއް ކާމިޔާބުކުރައްވާފައި

  • އައްޑޫ ސިޓީ އާއި މާލެ ސިޓީން ވެސް ގިނަ ގޮނޑިތައް ކޮންގްރެސް ޕާޓީއަށް

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ސަރުކާރު ހިންގާ މައި ޕާޓީ، ކޮންގްރެސް ޕާޓީން ގިނަ ގޮނޑިތަކެއް ކާމިޔާބު ކޮށްފިއެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން މީގެ ކުރިން އެމްޑީޕީން ކާމިޔާބު ކުރަމުން އައި އަދި ދާއިމީކޮށް ދިފަޢުކުރަމުން ދިޔަ ބައެއް ގޮނޑިތައްވެސް ކޮންގްރެސް ޕާޓީން ވަނީ ކާމިޔާބުކޮށްފައެވެ. މިވަގުތު ވަގުތީ ނަތީޖާ ދައްކާގޮތުން އައްޑޫ ސިޓިއާއި މާލެ ސިޓީގެވެސް ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުންނެވެ.

ގިނަ ފޮށިތަކުގައި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން އުޅުއްވަނީ އެހެން ކެންޑިޑޭޓުންނާ ވަރަށް ބޮޑު ތަފާތަކުން ކުރީގައެވެ.


އަތޮޅުތަކުގައިވެސް މީގެ ކުރިން އެމްޑީޕީން މެޖޯރިޓީ ނަގަމުން އައި ދާއިރާތަކުންވެސް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ވަނީ ކުރި ހޯއްދަވާފައެވެ.

ކޮންގްރެސް ޕާޓިން ގިނަ ދާއިރާތަކުގެ ގޮނޑި ކާމިޔާބުކޮށްފައިވާކަމަށް ވަގުތީ ނަތީޖާ ދައްކާއިރު، ބައެއް ދާއިރާތަކުން ވަނީ ސަރުކާރުން ތާޢީދުކޮށްފައިވާ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންވެސް ކާމިޔާބުކޮށްފައެވެ.