ޚަބަރު

އެމްއެންޑީއެފްގެ އަހަރީ ދުވަހުގެ ޕެރޭޑް ބާއްވައިފި


ވިއްސާރަވުމުގެ ސަބަބުން ފަސްކުރި ސިފައިންގެ 124 ވަނަ އަހަރީ ދުވަހުގެ ޝަރަފުގެ ހިނގާލުން ހުޅުމާލޭގައި ބާއްވައިފިއެވެ. 

ޝަރަފުގެ ހިނގާލުން ފެށިގެންދިޔައީ، ލަޝްކަރުގެ ކޮމާންޑަރ ލެފްޓިނަންޓް ކާނަލް އަޙުމަދު ޠޯހިރު ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރުގެ އަރިހުން ޝަރަފުގެ ހިނގާލުން ފެށުމުގެ ހުއްދައަށް އެދިވަޑައިގައިގަތުމަށްފަހުއެވެ. މި ހިނގާލުން ކުރިއަށް ގެންގޮސްފައިވަނީ ހިނގާލުން ކުރިއަށްގެންގޮސްފައިވަނީ ހުޅުމާލޭގެ އެމްޕީއެލް ސަރަޙައްދުންނެވެ. ޝަރަފުގެ ހިނގާލުން ނިންމާލީވެސް އެމްޕީއެލް ސަރަހައްދަށެވެ. ޝަރަފުގެ ހިނގާލުމުގައި ހުޅުމާލޭގެ ތިން ސަރަޙައްދެއްގައި މަޑުކޮށް، ސިފައިންގެ ބްރާސް ބޭންޑް އިން ވަނީ ރީތި ރާގުތަކެއް ކުޅެފައެވެ. 

ޝަރަފުގެ ހިނގާލުމުގައި އެމްއެންޑީއެފްގެ ބައެއް ޚިދުމަތްތަކުގެ ދިދަތައް ތަމްޞީލުކޮށްދީފައިވާއިރު، ޝަރަފުގެ ހިނގާލުމުގައި ގިނަ ޢަދަދެއްގެ ސިފައިން ވަނީ ބައިވެރިވެފައެވެ. ހަމައެހެންމެ މި ޝަރަފުގެ ހިނގާލުން ބަލާލުމަށް ހުޅުމާލޭގައި ދިރިއުޅޭ ވަރަށް ގިނަ ޢަދަދެއްގެ އާންމު ރައްޔިތުން ނުކުމެ ޝަރަފުގެ ހިނގާލުން ބަލާލައިފައިވެއެވެ.