ޚަބަރު

މަޖިލިސް އިންތިޚާބުގައި ވޯޓުލާންވީ ދީނާއި ޤައުމަށް ވާފާތެރިވާނެ ކެންޑިޑޭޓުންނަށް: ރައީސް މައުމޫން


  • ވޯޓުލާއިރު ރަނަގަޅަށް ވިސްނެވުމަށް އިލްތިމާސްކުރެއްވި

  • އިޚްލާސްތެރިކަމާއެކު ވޯޓުލުމަށް ވަނީ އިލްތިމާސްކުރައްވާފަ

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މަޖިލިސް އިންތިޚާބުގައި ވޯޓުލާންވީ ދީނާއި ޤައުމަށް ވާފާތެރިވާނެ ކެންޑިޑޭޓުންނަށްކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.

ރައީސް މައުމޫން މިފަދައިން އިލްތިމާސްކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވަނީ މާދަމާ ބާއްވާ އިންތިޚާބުގައި ވޯޓުލާއިރު، ވަރަށް ރަނގަޅަށް ވިސްނުމަށްފަހު ވޯޓުލުމަށް އިލްތިމާސްކުރެއްވިއެވެ. އެގޮތުން، ވޯޓުލާނެ ކެންޑިޑޭޓެއް އިޚްތިޔާރުކުރުމުގައި ދީނާއި ޤައުމަށް ވަފާތެރިވާނެކަމަށް ޤަބޫލުކުރެއްވޭ ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:30 އާ ހަމައަށެވެ. ވޯޓު ގުނަން ފަށާނީ ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުންނެވެ.

މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރައްވާއިރު ޖުމްލަ 602 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މި އިންތިޚާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ.