ޚަބަރު

ޙަލަބްގައި ހަމަލާތައް ބަދަލުކުރުން އިންތިހާއަށް މައްޗަށް !


ސޫރިޔާގެ ސަރުކާރުން ޙަލަބްގައި ހަރަކާތްތެރިވަމުންދާ އިދިކޮޅު ހަނގުރާމަވެރިންނަށް އަމާޒުކޮށް ތިރީހަށް ވުރެގިނަ ހަމަލާ އިއްޔެ ދީފައިވާކަމަށް ސޫރިޔާގެ މަސްރަހު މޮނިޓަރކުރުމަށް ހަރަކާތްތެރިވާ ގްރޫޕަކުން ބުނެފިއެވެ.

ސޫރިޔާގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ޙަލަބްގައި މީގެ 9 ދުވަސް ކުރިން ބަދަލުކުރަން ފެށި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 250އަށް ވުރެ މައްޗަށް އަރާފައިވާކަމަށް ސޫރިޔާގެ މަސްރަހް މޮނިޓަރ ކުރުމަށް ހަރަކާތްތެރިވާ ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސްއިން މަޢުލޫމާތުދެއެވެ. ސޫރިޔާގެ އަސްކަރިއްޔާގެ އޮފިޝަލުން ވިދާޅުވީ ސަރުކާރުގެ ފަރާތުން މިދިޔަ ހުކުރު ދުވަހުން ފެށިގެން ލަތާކިއާ އަދި ދިމިޝްގުގައި ވަގުތީ ގޮތުން ހުއްޓާލިކަން އިއުލާން ކުރިކަމަށެވެ. އަދި މިއީ މިދިޔަ ފެބްރުއަރީ މަހު އެއްބަސްވިޔަސް  ހަމަލާ ބަދަލްކުރުން ހުއްޓާލުމުގެ އެއްބަސްވުން ރުޖޫއަކުރުމަށް އެޅިފިޔަވަޅެއްކަމަށް ސޫރިޔާގެ އަސްކަރިއްޔާގެ އޮދިޝަލުން ވިދާޅުވިއެވެ. ނަމަވެސް ހަމަލާ ބަދަލުކުރުން ހުއްޓާލި ސަރަހައްދުތަކުގެ ތެރޭގައި އިދިކޮޅު ހަނގުރާމަވެރިން ގިނަ ސަރަހައްދެއްކަމަށްވާ ޙަލަބްގައި ނުހިމެނޭކަމަށް ސޫރިޔާ ސަރުކާރުގެ އަސްކަރީ އޮޕިޝަލުން މައުލޫމާތުދިނެވެ. 

img:http://s3.psmnews.mv/images/660x400/14621097392657.jpg|ސީރިޔާގެ ހަނގުރާމައިގެ ތެރެއިން / ފޮޓޯ: ޒިންހުއާ

އިއްޔެ އެކަނިވެސް ސޫރިޔާގެ ޙަލަބްގައި ސަރުކާރާއި އިދިކޮޅު ހަނރގުރާމަވެރިން ދިން ވައިގެ ހަމަލާތަކުގެ ސަބަބުން 5 އަށް ވުރެ ގިނަ ރައްޔިތުން މަރުވެ، އެތައް ބައެއް ޒަހަމްވެފައިވާކަމަށް ސީރިއަން އޮބަޒަވޭޓަރީ ފޮރ ހިއުމަން ރައިސްޓްއިން ރިޕޯޓްކުރިއެވެ. އެގްރޫޕުން މައުލޫމާތުދިން ގޮތުގައި މިދިޔަ މަހުގެ 22 އިން ފެށިގެން ސޫރިޔާ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ޙަލަބްގެ ސަރަހައްދުތަކުގައި ބަދަލުކުރި ހަމަލާތަކުގައި 250އަށް ވުރެ ގިނަ ރައްޔިތުން ވަނީ މަރުވެފައެވެ. 

މިގޮތުން ސަރުކާރުގެ ކޯލިޝަނުން ދިން ހަމަލާތަކުގައި މަރުވި 140 މީހުން ހިމެނޭއިރު، މީގެތެރޭގައި 19 ކުޑަކުދިން ހިމެނެއެވެ. އަދި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ދިންހަމަލާތަކުގައި 96 މީހުން މަރުވެފައިވާއިރު، މީގެތެރޭގައި 21 ކުޑަކުދިން ހިމެނޭކަމަށް އޮބްޒަވޭޓަރީން މައުލޫމަތުދިނެވެ.

img:http://s1.psmnews.mv/images/660x400/14621097810109.jpg|ސޫރިޔާ ހަނގުރާމައިގެ ތެރެއިން / ފޮޓޯ: ޒިންހުއާ

އެލެޕޯގެ ހާލަތު އާންމުކުރުމަށް ކަމަށް ބުނެސޯޝަލް މީޑިއާއަށް އަޕްލޯޑްކޮށްފައިވާ ވީޑިއޯތަކުން ފެނިގެން ދަނީ ވައިގެ ހަމަލާތަކުގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކާއި، އަލިފާން ރޯވެފައިވާ ތަންތަނާއި، މިހަމަނުޖެހުމުގެ ތެރެއިން ބިރު ގަނެ އަމިއްލަ ފުރާނަ ސަލާމަތް ކުރުމަށް ދުވަމުންދާ ސޫރިޔާގެ އާންމު ރައްޔިތުންނެވެ. މީގެ ތެރޭގައި އެކި އުމުރު ފުރައިގެ މީހުންނާއި، ތުއްތު ކުދިންވެސް ހިމެނެއެވެ. ބައެއް މަންޒަރުތަކުން އަނިޔާވެފައިވާ އަދި ހޭނެތިފައިވާ މީހުންވެސް ފެނިގެންދެއެވެ.

ސޫރިޔާގެ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ ޙަލަބްއަކީ މީގެ ފަސް އަހަރު ކުރިން އެޤައުމުގައި ފެށުނު ދާހިލީ ހަނގުރާމައިގައި އެންމެ ބޮޑަށް ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އެސަރަހައްދެއްގައި ހަމަލާތައް ބަދަލުކުރަމުންދާ އެއް ސަރަހައްދެވެ.

ވޭތުވެދިޔަ 5 އަހަރުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ސޫރިޔާގެ 250 ހާހަށް ވުރެ ގިނަ ރައްޔިތުން މަރުވެފައިވާއިރު، އެތައް މިލިއަން ރައްޔިތުން ވަނީ އަމިއްލަ ޤައުމު ދޫކޮށް ރެފިއުޖީންގެ ގޮތުގައި އެހެން ޤައުމުތަކަށް ދަތުރުކޮށްފައެވެ.