ޚަބަރު

ޕީއެސްއެމް ސްކޫލު ކުދިންގެ މަދަޙަ މުބާރާތް ފެށިއްޖެ


ޕީއެސްއެމް ސްކޫލު ކުދިންގެ މަދަޙަ މުބާރާތް ފެށިއްޖެއެވެ.

މިއަހަރުގެ މުބާރާތުގައި 38 ސްކޫލަކުން ޖުމްލަ 805 ދަރިވަރުން ބައިވެރިވެފައިވެއެވެ. މީގެ ތެރެއިން 403 ދަރިވަރުން ހުށަހަޅައިދެނީ ވަކި ވަކި ހުށަހެޅުންތަކެވެ. މިއަހަރުގެ މަދަޙަ މުބާރާތުގައި ބައިވެރިވި 38 ސްކޫލްގެ ތެރެއިން 13 ސްކޫލަކީ އަތޮޅުތަކުގެ ސްކޫލްތަކެވެ.

މިއަހަރުގެ މަދަޙަ މުބާރާތް ފަށާފައިވަނީ އެހެން އަހަރުތަކާ ޚިލާފަށް ޢުމުރު ފުރާތަކަށް ބަދަލުގެނެވިގެންނެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި ޕްރީ ސްކޫލް ކެޓަގަރީ ވަނީ ހިމަނާފައެވެ. މިއަހަރުގެ މަދަހަ މުބާރާތުގެ ޢުމުރުފުރާތައް ބަހާފައިވަނީ 6 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް، އަދި 19 އަހަރުން ދަށެވެ. 4 ދުވަހަށް އޮލިމްޕަހުގައި ކުރިއަށްދާ މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ ހަތްވަނަ ދުވަހުގައެވެ.