ދުނިޔެ

ނޯވޭގައި ވެއްޓުނު ހެލިކެޕްޓަރުން ދަތުރުކުރި 13 މީހުން މަރުވެއްޖެ


ނޯރވޭގެ ހުޅަނގު އައްސޭރިފަށުގެ ސަރަޙައްދަކަށް އިއްޔެ ވެއްޓުނު ހެލިކޮޕްޓަރުގައި ދަތުރު ކުރި 13 މީހުންވެސް މަރުވެފައިވާކަމަށް އެޤައުމުގެ ފުލުހުން ބުނެފިއެވެ.

ހެލިކޮޕްޓަރު ވެއްޓުނު ސަރަޙައްދުގައި ހަރާކާތްތެރިވި ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ހެލިކޮޕްޓަރުގައި ދަތުރުކުރި އެއްވެސް މީހަކު ދިރި ހުއްޓާ ފެންނާނެ ކަމުގެ އުންމީދެއްނެތްކަމަށާއި މިޙާދިސާގައި ހެލިކޮޕްޓަރު މުޅިން ހަލާކުވެފައިވާކަމަށެވެ.

މި ހެލިކޮޕްޓަރުގައި ދަތުރުކުރީ 11 ފަސިންޖަރުންނާއި ދެ ފަޅުވެރިންނެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތުގެ ރައްޔިތަކާއި، އިޓަލީވިލާތުގެ ރައްޔިތެއްގެ އިތުރުން ނޯރވޭގެ ރައްޔިތުންނެވެ.

މިހެލިކޮޕްޓަރު ވެއްޓުނީ ތެޔޮ ޕްލެޓްފޯމްއަކުން ފުރައިގެން ދަތުރުކުރަމުން ދަނިކޮށެވެ.