ޚަބަރު

"ތިރީހާ ރަންތަރި" މުބާރާތުގެ ނިންމުން ރައީސްގެ އަނބިކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި


  • މިއީ ތިރީހާ އިންސްޓިޓިއުޓުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މުބާރާތެއް

  • މި މުބާރާތުގައި 1500 ދަރިވަރުން ބައިވެރިވި

"ތިރީހާ ރަންތަރި" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި މުބާރާތަކީ ތިރީހާ އިންސްޓިޓިއުޓުން އެ އިންސްޓިޓިއުޓްގައި ކިޔަވަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ. މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިރޭ އިސްލާމިކް ޔުނިވަރސިޓީގެ ހޯލުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ހިތުން ކިޔެވުމުގެ ގޮފީގެ އެއްވަނަ ދެވަނަ އަދި ތިންވަނަ ހާސިލުކުރި ދަރިވަރުންނާއި މުޅި މުބާރާތު އެއްވަނަ ދެވަނަ އަދި ތިންވަނަ ހާސިލުކުރި ދަރިވަރުންނަށް އިނާމާއި ތަށި ޙަވާލުކޮށްދެއްވާފައެވެ.

ތިރިހާ ރަންތަރި ޤުރުއާން މުބާރާތުގައި ޖުމްލަ 1500 ދަރިވަރުން ބައިވެރިވިއެވެ.